އެދެމަފިރިންވެސް ކައިވެނިކުރީ ލޯބިވެގެން ހައަކަމަސްދުވަހު އެކުގައި އުޅެފައެވެ. ކައިވެނިކޮށްގެން އުޅެމުން ދިއައީވެސް އުފަލުގައެވެ. ވަރަށް ލޯބިންނެވެ. ނަމަވެސް ކުއްލިއަކަށް ހުރިހާ ކަމެއް ނަދަލުވެގެންދިއައެވެ.
އެއީ އަނބިމީހާއަކީ ނޭވައަށް އުނދަގޫކުރާބަލި ހުރި އަންހެނަކުކަން އެނގުމުންނެވެ. އަނބިމިހާ ވަރަށް ދެރަވެފައި ބުންޏެވެ. "އަހުރެން ތިއަ ވަރިކުރަނީ އަހުރެންނަކީ ބައްޔެއް ހުރި މީހަކަށްވީތީހެއްޔެވެ؟ ކައިވެނިކުރުމުގެ ކުރިއަކުން އަހުރެންގެ ގާތަކު ތިބާ އެބާވަތުގެ ސުވާލެއް ނުކުރަމުއެވެ. އަދި އަހުރެންނަކީ ބަލީގައި ނުއުޅެވޭވަރުވެފައި އިން އަންހެނެއްވެސް ނޫނެވެ."
ފިރިމީހާގެ ޖަވާބަކަށްވީ ތިއައީ ފިލުވައިލެވޭ ބައްޔެއް ނޫނެވެ. ދުވަހެއް ދުވަހަކަށް ދާނީ ބޮޑުވަރުވަމުންނެވެ. ލިބޭ ހުރިހާ ފައިށާއެއް ޚަރަދުކުރަންޖެހޭނީ ބޭހަށެވެ. އެހެން ބުނެފައި ވަރިކޮށްލައި ގެއިން ނެރެ ފޮނުވައިލީއެވެ.
އެއިގެ 7 އަހަރުފަހެވެ. އެއަނބިމީހާ އާއި އޭނާގެ ދެވަނަ ފިރިމީހާ އަނބިމީހާގެ މަންމަ ގޮވައިގެން ޑޮކްޓަރަށް ދައްކާލަން ގޮސްއުޅުނު ދުވަހެކެވެ. ގޮނޑިއެއްގައި އިން މީހަކަށް ބަލައިލެވުނެވެ. އޭނާއިން ޙާލުންނެވެ. މޫނުގައި މާސްކްއަޅައި އޮކްސިޖަން މެޝިނެއްގެ އެހީގައި ނޭވާލާ މީހަކަށްވުމުންނެވެ.
ފިރިމީހާއަކީ އެފަދަ ޙާލުބޮޑު ބަލިމީހަކު ފެނިއްޖެނަމަ ޙާލުއަހައި އެހީތެރިވެދޭ މީހަކަށްވާތީ އޭނާގެ ގާތަށްގޮސް ޙާލުއަހާލައިފައި 100 ޑޮލަރު ހަދިޔާކުރިއެވެ. ފައިސާގައި ހިފަމުން ޢޭނާބެލިގޮތުން ކަންބޮޑުވެ އަނބިމީހާވެސް އޭނާގެ ގާތަށް ޖެހިލައި ބަލައިލިއިރު އެއީ ކުރީގެ ފިރިމީހާއެވެ. އޭނާއަށް އެހީތެރިވީ ކުރީގެ އަނބިމީހާގެ ފިރިމީހާކަން އެނގުމުން ވަރަށް އަސަރުކުރިއެވެ. ލޮލުން ކަރުނަވެސް އޮހޮރުނެވެ. އެހިށާބުން އަނބިމީހާ އޭނާގެ މިހާރުގެ ފިރިމީހާގެ އަތުގައި ހިފައިގެން ދުރަށް ދިއައީއެވެ. އެއްވެސް އެއްޗެއް ނުބުނެއެވެ.
ނިކަން ވިސްނައިލަބަލާށެވެ! ބައިވެރިޔާއަކީ ބަލިމީހަކަށްވުމުން ވަރިކޮށްލައި ނިކަމެތިކުރާ ފިރިހެނުންނަށް ޢިބްރަތަކަށް ނުވޭ ހެއްޔެވެ؟ އަދި ފިރިމީހާއަށް ބަލިޙާލެއް ޖެހުމުން ވަކިވެގެންދާ އަނބިންނަށްވެސް މެއެވެ.
މިއީ އަޅުގަނޑު ބެލި ވީޑިއޯއަކުން ފެނުނު ކަންތައްތަކެވެ. އާދޭސްކޮށްފައި ބުނަމެވެ! ބައިވެރިޔާއަށް ބަލިޙާލެއްގައި އުޅެންޖެހުމުން ނިކަމެތިކޮށް އެއްލައިނުލާށެވެ! ތިމާއަށް މާބޮޑު ބައްޔެއްގައި އުޅެން ނުޖެހޭނެ ކަމުގެ ޔަޤީންކަން ލިބެނީ ކޮން ގޮތަކުން ހެއްޔެވެ؟ ބުއްދިވެރިންނަކީ މިފަދަ ޙާދިސާތަކުން ޢިބްރަތް ޙާޞިލުކުރާ މީހުންނެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް