ދެމަފިރިން ގޭގަ ހުޅުޖެހުމަކީ ކޮބައިކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ދެމަފިރިން ގޭގަ ހުޅުޖެހުމަކީ ކޮބައިކަން އެނގޭތަ؟

ކައިވެނިކުރުމުގެ ބޭނުމަކީ ލޯބިން ޞުލްޙަވެރި ދިރިއުޅުމެއް އުޅެގެންނެވެ. އެކަން ނުކުރެވޭނަމަ ކައިވެނިން ކުރާނެ ފައިދާއެއް ނެތެވެ. އެއީ އެއްވެސް އުފާވެރިކަމެއް ލިބޭނެ ކައިވެންޏެއް ނޫނެވެ.  

އެކަމަށްޓަކައި ދެމަފިރިން ސަމާލުވާންޖެހޭ ކަމެއް އެބައޮތެވެ. އެއީ ފިރިމީހާ އަނބިމީހާއަށް ހެޔޮކޮށް ހިތުމާއި އަނބިމީހާ ފިރިމީހާއަށް އިޙްތިރާމްކުރުމެވެ. އެއީ ގުޅިލާމެހިފައިވާ ދެކަމެވެ.  

އަނބިމީހާއަށް ދެރަ ނިކަމެތި ބަސްތައް ނުބުނާށެވެ! އަދި ފިރިމީހާއަށް އިޙްތިރާމް ނުކުރުމުގެ ބަސްތައް ނުބުނާށެވެ. މިދެކަންތަކަށް ސަމާލުނުވެއްޖެނަމަ އެގެއެއްގައި އެވަނީ ހުޅުހިފައިފައެވެ. އެދަނީ ރޯވެ އަނދަމުންނެވެ. އެއީ ދެމަފިރިން އަމިއްލައަށް ގޭގައި ހުޅުޖެހީތީއެވެ.  

ދެމަފިރިންގެ ސަބަބުން ނަމަވެސް ނުވަތަ އެކެއްގެ ސަބަބުން ނަމަވެސް ލޮލުން ކަރުއަޅަންޖެހުމަކީ ކުޑަކަމެއް ކަމަށް ނުދެކޭށެވެ. ފައިބާ ކަރުނަތިކި ޖެހމުން އެމީހާއަށް އިޙްޞާޞކުރެވޭނީ ފިނިކަމެކެވެ. ނަމަވެސް ކަރުނައަޅަން ޖެއްސުވި މީހާއަށް އެކަންވެގެންދާނީ އޭނާގެ މޫނުގައި ބީހޭ އަލިފާނަށެވެ.  

ކޮންމެ ދެމަފިރިއަކުވެސް މަސައްކަތްކުރަންވީ ދެމަފިރިން ދިރިއުޅޭ ގެއަކީ ދެމީހުންނަށްވެސް ހިތްހަމަޖެހުން ލިބޭނެ ތަނަކަށް ހެދުމަށެވެ. އެކަން ޙާޞިލުކުރެވޭނީ ދެމީހުންގެ މަސައްކަތުންނެވެ. އެކަމަށް އެދިގެން މަސައްކަތްކުރާނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ. އެދެމަފިރިއަކަށް އުﷲާވެރިކަމާއި ހިތްހަމަޖެހުންވެސް ދެއްވަވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން