ގިނަވާނީ ދީނުގަ ކުރަންހުރި ހުރިހާ ކަންކަން ނުކުރެވޭ މީހުން! ކުރެވޭ މިންވަރަކުން ކުރާނަމަ އެމީހަކަށް ހުރިހާ ކަމެއް ކުރެވޭނެ ދުވަސް ފެންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ގިނަވާނީ ދީނުގަ ކުރަންހުރި ހުރިހާ ކަންކަން ނުކުރެވޭ މީހުން! ކުރެވޭ މިންވަރަކުން ކުރާނަމަ އެމީހަކަށް ހުރިހާ ކަމެއް ކުރެވޭނެ
ދުވަސް ފެންނާނެ! އިން ޝާ ﷲ

ދީނުގައިވާ ހުރިހާ ކަންކަމަށް ޢަމަލުނުކުރެވޭ ބައަކުވެސް ތިބޭނެއެވެ. އެއިގެ ތެރެއިން ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ހުރިހާ ކަންކަމަށް ޢަމަލުނުކުރެވޭނަމަ ކުރާ އެއްވެސް ހެޔޮ ކަމެއް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށެވެ.  

އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. މުސްލިމަކު ކިތަންމެ ކުޑަކުޑަ ހެޔޮ ޢަމަލެއް ކުރިނަމަވެސް އެކަން ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެތެވެ. އަދި ކުރަންވާ އެންމެ ފުރިހަމައަށް ނުކުރެވުނު ނަމަވެސްމެއެވެ.  

މިޘާލަކަށް ބުނާނަމަ ނަމާދުގައި ޚުޝޫޢަތްތެރިވާންޖެހޭ މިންވަރާއި ގާތަކަށްވެސް ޚުޝޫޢަތްތެރިވެވެނީ ވަރަށް މަދު މީހަކަށެވެ. އެހެނަސް ޚުޝޫޢަތްތެރި ނުވެވޭތީ ނަމާދުނުކޮށް ހުރުމެއް ނެތެވެ. އޮތީ ނަމާދުތަކަށް ރައްކައުތެރިވުމެވެ. ޚުޝޫޢަތްތެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. ޚުޝޫޢަތްތެރިކަން އިތުރުކޮށް ދެއްވެވުން އެދިގެން ދުޢާކުރަމުން ގެންދިއުމެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ކޮންމެ މީހެއްގެ ކިބައިގައިވެސް އުނިކަންތައްތަކާއި ފުރިހަމަނުވާ ކަންތައްތަކެއް ހުންނާނެއެވެ. އިތުރަށް ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް އަބަދުވެސް ހުންނާނެއެވެ. އޮތީ ކޮންމެ ހެޔޮކަމެއްވެސް އެންމެ ފުރިހަމައަށް ކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. އެއަށްފަހު ﷲ ތަޢާލާއަށް ވަކީލްކުރުމެވެ.  

ވީމާ ދީނުގައިވާ ހުރިހާ ކަންކަމަށް ޢަމަލުނުކުރެވޭތީ ނުވަތަ ކުރާ ކަންކަން އެންމެ ފުރިހަމައަށް ނުކުރެވޭތީ ހެޔޮ ޢަމަލުނުކޮށް ނުހުންނާށެވެ! ކޮންމެ ކަމެއްވެސް އިޚްލާޞްތެރިކަމާއިއެކު ކުރަމުން ގެންދާށެވެ. އެމީހަކަށް ހެޔޮ ރަހްމަތް ލައްވަވާނެތެވެ. ހުރިހާ ކަމެއް ކުރެވޭ ދުވަސްވެސް ބައްދަލުކުރާނެތެވެ! އިން ޝާ ﷲ

 

- މަޢުލޫމާތު: ޑރ. ނޫމާން އަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން