ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ވޯޓުލާ މީހުންގެ ނިސްބަތް 80 އިންސައްތައަށް އިތުރުކުރެވޭނެ: ލުބްނާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ވޯޓުލާ މީހުންގެ ނިސްބަތް 80 އިންސައްތައަށް އިތުރުކުރެވޭނެ: ލުބްނާ

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ވޯޓުލާ މީހުންގެ ނިސްބަތް ގާތްގަނޑަކަށް 80 އިންސައްތައަށް އިތުރުކުރެވޭނެ ކަމަށް ހާއްސަ މަޖިލީހުގެ ކުރީގެ މެމްބަރު ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ލުބްނާ ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ނިސްބަތް ވަރަށް ބޮޑުވެފައި، މަޖިލިސް އިންތިޚާބުގައި އެ ނިސްބަތް ދަށްވުމަކީ ޑިމޮކްރަސީ މަޑުޖެހިގެންދާނެ ކަމެއް ކަމަށެވެ. ނަމަވެސް ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ނިންމައިފިނަމަ، ވޯޓުލާ މީހުންގެ ނިސްބަތް ގާތްގަނޑަކަށް 80 އިންސައްތައަށް އިތުރުކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ލުބްނާ އިތުރަށް ވިދާޅުވީ، "ރައްޔިތުންގެ ވޯޓުލުމާއި އިންތިޚާބުތަކުގައި ރައްޔިތުންގެ ޕާޓިސިޕޭޝަން އިތުރުކުރެވޭ ކަމަށްވަންޏާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ހަމަ ވަރަށް މުހިންމު ކަމެއް. އަދި މިއީ ޑިމޮކްރަސީއަށްވެސް ލިބޭ ކުރިއެރުމެއް،" ކަމަށެވެ.

މި ބަދަލުގެ ސަބަބުން އިންތިޚާބުތަކުގައި ރައްޔިތުން ބައިވެރިވާ މިންވަރު އިތުރުވެ، ޑިމޮކްރެޓިކް ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް ލުބްނާގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

މިއަދު އޮންލައިން