މިއީ އެއްވެސް ގެއްލުމެއްނުވެ ބޮޑުތަނުން ފައިދާވާނެކަން ޔަޤީން ވިޔަފާރިކުރަން ތެޅިފޮޅެން އޮތް އެންމެ ރަނަގަޅު ފުރުޞަތެއް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
މިއީ އެއްވެސް ގެއްލުމެއްނުވެ ބޮޑުތަނުން ފައިދާވާނެކަން ޔަޤީން ވިޔަފާރިކުރަން ތެޅިފޮޅެން އޮތް އެންމެ ރަނަގަޅު ފުރުޞަތެއް!

މިވިޔަފާރީގައި ކުރަންޖެހޭ ކަންކަން އަންގަވާފައިވަނީ ﷲ ތަޢާލާއެވެ. ކީރިތި ޤުރްއާނުގައެވެ.   

ކުރަންޖެހޭ ކަމަކީ: 

1- ޤުރުއާން ކިޔެވުން

2- ނަމާދު ޤާއިމުކުރުން

3- ސިއްރާއި ފާޅުގައި ﷲ ގެ މަގުގައި ހޭދަކުރުން 

(إِنَّ الَّذِينَ يَتْلُونَ كِتَابَ اللَّهِ وَأَقَامُوا الصَّلَاةَ وَأَنفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَارَةً لَّن تَبُورَ)

سورة فاطر: 29 

މާނައީ: "ހަމަށަވަރުން، اللَّه ގެފޮތް ކިޔަވައި، އަދި ނަމާދު ޤާއިމުކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށްއުޅޭ މީހުންނީ، ގެއްލުން ނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ."

- ޝައިޚް އަޙްމަދު ރިމާޒް 

މިއީ ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތައް ހުސްވަމުންދާއިރު ކުރަން އެންމެ ފައިދާހުރި ވިޔަފާރިއެވެ. ހަނދުމަކޮށްމިދިނީ އެސަބަބަށްޓަކައެވެ. ދުނިޔަވީ ވިޔަފާރިތަކުން ބައެއްފަހަރު ބޮޑެތި ގެއްލުންތައް ލިބުނަސް، ރިބާއަށް ލޯނު ނަގައިގެންވެސް ގިނަ ބައަކު ކުރަން ބޭނުންވަނީ ދުނިޔަވީ ވިޔަފާރިއެވެ. އެވިޔަފާރިއަކުން އެއްވެސް ގެއްލުމެއް ނުވާނެ އަދި ދުނިޔެއާއި އާޚިރަތުގައި ފައިދާކުރާނެ މި މަތިވެރި ވިޔަފާރިމަތިން ގިނަ ބައަކު މިވަނީ ހަނދާން ނައްތާލައިފައެވެ. ޣާފިލުވެފައެވެ.  

 

މިއަދު އޮންލައިން