ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ޕްރޮޖެކްޓްތައް ހުއްޓާލާކަށް ނުޖެހޭނެ: ވަޒީރު މޫސާ ޒަމީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ޕްރޮޖެކްޓްތައް ހުއްޓާލާކަށް ނުޖެހޭނެ: ވަޒީރު މޫސާ ޒަމީރު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާކަށް ނުޖެހޭނެ ކަމުގެ ޔަޤީންކަން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ދެއްވައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވަޒީރު ޒަމީރު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ ޕްރޮޖެކްޓްތައް ހުއްޓާލަންޖެހޭ ފަދަ ޙާލަތެއް ނެތް ކަމަށެވެ. އަދި އެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި އެއްބާރުލުން ދޭންޖެހޭ އެންމެހާ ފަރާތްތަކަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ޕްރޮޖެކްޓްތައް ހުއްޓާލާކަށް ނުޖެހޭނެ. މިނިސްޓްރީއިން މިދަނީ، މި ކަންކަމުގައި އެއްބާރުލުން ދޭންޖެހޭ އެންމެހާ ފަރާތްތަކަށް ބޭނުންވާ ކަންކަމަށް މަގު ފަހިކޮށްދެމުން. އަދި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، ސަރުކާރުން މަސައްކަތްތައް ބައްޓަންކުރަމުން ދަނީ ވަރަށް ބޮޑަށް ރޭވުންތެރިކަމާއެކު ކަމަށެވެ. މިގޮތުން މާލީ ދާއިރާގެ މުހިންމު މުއައްސަސާތައް ކަމަށްވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި މީރާ އަދި މާލީ ވުޒާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ ކޮންމެ މަސައްކަތެއްވެސް ރާވަމުންދަނީ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކުގެ އަސަރު ވީހާވެސް ކުޑަވާނެ ގޮތަކަށް ބަލައިގެން ކަމަށްވެސް ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން