ލޯބިވެގެން އުޅުމުގައި ނުވަތަ ޒަވާޖީޙަޔާތުގައިވެސް ކުރިމަތިވާ ކަމަކާއި ގުޅިގެން ދިރިއުޅުންމަތިން ފޫހިވާންޖެހިދާނެއެވެ. އަދި މާޔޫސްވާންވެސް ޖެހިދާނެއެވެ. އެޙާލަތުގައި ބައެއް މީހުން ވިސްނައިވެސް ނުލައި އެހެންމީހުންގެ ހިތާއި ކުޅެލައެވެ. ދޮގުތަކާއި މަކަރުހަދައިގެން އެހެން މީހުންގެ ތް ދަމައިގަނެވެ. އަދި ތިމާގެ ޙާލަތު ހަމައަކަށް އެޅުމުން އެއީ ކުޅުނު ކުޅިވަރަކަށް ހަދައި ނިންމައިވެސްލައެވެ.
އެއިރުން އެކުރެވޭ ކަމަކީ ރަނގަޅު މީހެއްގެ ހިތް ހަލާކުކޮށްލުމެވެ. އޭނާ އެވައްޓައިލެވެނީ ތިބާ ކުރިން ހުރި ޙާލަތަށެވެ. އެޙާލަތުގައި ހިތަށްކުރާ އަސަރާއި އަޅާވޭންވެސް އެނގުހުރެ އެހެން މީހަކަށް އެފަދަ އަނިޔާއެއް ދޭން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟
ބުނަންހެއްޔެވެ؟ ދެމީހުން ކައިވެނިކޮށް ރަނގަޅު ގޮތުގައި ކުރިއަށް ދިއުމުގެ ވިސްނުން ނެތި ލޯބިހުށަނުއަޅާށެވެ. އަނެކާއަކީ ހަމަ ޙަޤީޤަތުގައިވެސް ތިބާއާއި ގުޅިގެން ކުރިއަށްދާން ބޭނުންވެގެން ހުރި މީހަކުކަމަށްވެދާނެއެވެ. ދެން ތިބާގެ ބަހަށް ހެއްލެވި ހުވަފެނީ ދުނިޔެއަކަށް ދެވޭތަނުން މިއީ ކުޅުނު ގޭމެއްކަން އެނގުނީމާ ހިތްފަޅައިގެން ނުދާނެ މީހަކު ހުންނާނެ ހެއްޔެވެ؟
ތިމާއަށް ހިތަދަތިކަން ލިބޭ ޙާލަތެއް ކުރިމަތިވެއްޖެނަމަ ކުރަން އޮތްކަމަކީ އެޙާލަތުން ސަލާމަތްކޮށްދެއްވެވުން އެދިގެން ދުޢާކުރުމެވެ. އެހެން މީހުންގެ ހިތް ކަތިލުމެއް ނޫނެވެ. އެކަމަށް ސަމާލުކަންނުދީ އެހެން މީހުންގެ ހިތްކަތިލަމުން ދުވާ މީހުން ނިކަމެތިކުރައްވަވާނެއެވެ. އެއިރުން ގާތީ ދުނިޔޭގައިވެސް އެމީހަކަށް އެއްވެސް އުފާވެރިކަމެއް ނުލިބުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން