ޒުވާން ޢުމުރުގައިވެސް ޒިންމާދާރު ބައްޕައިން ގިނައެވެ. ހަމައެއާއިއެކު ޒުވާންޢުމުރުގައިވެސް ކައިވެނިކޮށް ދަރިންލިބުމުންވެސް ޒިންމާދާރުކަން ކުޑަ ޒުވާނުންވެސް މަދު ކަމަކަށް ނުބުނެވޭނެއެވެ. އެހެންކަމުން މިގެނެސްދެނީ ޒުވާނުންނަށް، ޚާއްޞަކޮށް ޒުވާން ބައްޕައިންނަށް ވަރަށް އަގުހުރި ނަބީޙަތުގެ ބަސްކޮޅެކެވެ.
އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ކޮނޑުގަ އެޅިފަވާ ވަރަށް ބޮޑު ޒިންމާއެއް ޒުވާނުންގެ ތިބޭނެ ބައިވަރު ކުޑަކުޑަ ކުދިންވެސް، އެހެންނޫންތޯ؟ މީހުންނާ އިނދެގެން އުޅޭމީހުން ގިނަވާނީ އެހެންވީމާ ކުޑަކުޑަ ކުދިން ތިބޭނެ އެމީހުންގެ ޒިންމާ އަންނާނެ. އެމީހުން ހެޔޮގޮތުގަ ތަރުބިއްޔަތު ކުރިތޯ ނުވަތަ އެމީހުންނާ އަޅާނުލާ ދޫކޮށްލިތޯ ﷲގެ ޙަޟްރަތުގާ ޤިޔާމަތް ދުވަހުން ސުވާލު އަންނާނެ!
ދެންކިހިނެއް ހަދާނީ! އޭނާ އެޒިންމާއެއް އަދާނުކުރޭ އޭނަދަނީ ކޮފީތަކަށް އޭނާ ދަނީ ރައްޓެހިންނާ އެކީ އެތަންމިތަނަށް. ގޮސް ވަޤުތު ބޭކާރު ކޮށްލާފަ އޭނަ މިއަންނަނީ ގެޔަށް އަންނައިރު އަނބިމީހާ ހުންނަނީ ރުޅިއައިއްސަ. އަނބިމީހާކާއިރީ ދެން މިބުނަނީ މިވެނި މީހަކާ އެކީ ކޮފީއަކަށް ދިޔައީއޭ.
އަޅުގަނޑު ކައިރީ ކިތައް މީހުން ކޯލްކޮށްފަ ބުނާނީ، ބައްދަލު ކޮށްފަ ބުނާނީ، ތިމަންނަގެ ފިރިމީހާ މިހެންމިހެން ވެގެންނޭ މިއުޅެނީ ނަސޭހަތްދޭން، އަޅުގަނޑު ގިނަފަހަރަށް ގިނަ އަންހެން ކަނބަލުން ވަރިވާން ބޭނުންވެގެން އެހިސާބަށް މައްޗަށް ދިޔައިމަ ގިނަބޭފުޅުން ގުޅުއްވާނީވެސް ވަރަށް ވަރިފަށަށް އެރީމަ.
ދެން އެކަމަކު އަޅުގަނޑުމެން އެހާ ފަސޭހައިން ވަރިވާކަށް ދޫނުކުރަން އިނގޭތޯ! އަޅުގަނޑު ބުނަނީ ނަޞޭޙަތް ދޭށޭ، ދީފީމޯ އަދިވެސް ނަސޭޙަތް ދޭށޭ، ދީފީމޯ، މިހާރު ކިތަންމެ ދުވަހެކޯ ނަސޭޙަތް ދޭތާ އަޅުގަނޑު ބުނަނީ އަދިވެސް ނަޞޭޙަތް ދޭށޭ އޭނަކައިރީ ބުނާށޭ ތިހެން ދެން ކަންތައް ކުރާކަމަށްވާނަމަ އެންމެ ފަހުގެ ފުރުޞަތު ދޭށޭ! ފަހު ފުރުޞަތުވެސް ދީފީމޯ، ދެންކިހިނެއް ހަދަނީ، ދެން އަޅުގަނޑު މިބުނަނީ އަދިވެސް އެއްފުރުޞަތު ދޭށޭ، އެއްފުރުޞަތު ދީފަބުނާށޭ ދެން ރަގަޅަށް ނޫޅެއްޖިއްޔާ ޒިންމާ އަދާ ނުކުރާ، އެއްވެސް ވަރަކަށް ޒިންމާ އަދާނުކުރާކަމަށްވާނަމަ، މުޅިން ޙައްޤުތައް ގެއްލިފަ ވަނީ އިނގޭތޯ! ޒިންމާ އަދާނުކުރާކަމަށް ވާނަމަ ދެން ވަރިވާނީއޭ!
އަނެއް ބަޔަކު ބުނަނީ ބުނެވެސްފީމޭ ތިހެން ދެން އެކަމުވެސް ވަރިއެއް ނުކުރިއޯ ދެން ކިހިނެއް ހަދާނީ، ވަރިޔަށް އެދުން ހުއްދަވާނެތޯ ބަލަންވެގެން އަޅުގަނޑުމެނަށް މިގުޅަނީ، އަޅުގަނޑު އާނ ދެން ވަރަށް މަދު ކަނބަލަކަށް ތިހެން ތިކަން ހިނގައިފިކަމަށްވާނަމަ މިހިސާބުން ދެން އެންމެރަގަޅޭ ތީ ތެދު ޙަޤީޤަތް ކަމަށްވާނަމަ އެންމެރަގަޅޭ ވަރިޔަށް އެދުނަސް އެއިންޒާރުވެސް ދޭށޭ ދިނީމަތާ އޭނަޔަށް އެނގޭނީ މިހާރު އަނބިމީހާ ގެއްލިދާނެކަން. ދެންވެސް އެކަމަށް އޭނަ ވިސްނާފަ ރަނގަޅު ވެދާނެތޯ ބަލާލަންވެސް އެނގޭނީ އޭރުންތާ!
އެހެންވީމަ އެފަހުގެ ފުރުޞަތު އަޅުގަނޑުމެން އެބަ ހޯދަދެން ވަރަށް ގިނަބޭފުޅުންނަށް އެކަމަކު ވަރަށްގިނަ ފިރިހެން ބޭފުޅުން އެކަމަކާ ނުވިސްނާ އަޅައެއްނުލާ، އަންހެންބޭފުޅުން އެންމެބޮޑަށް ޝަކުވާކުރާ ކަމަކީ ކެއާނުކުރާ މައްސަލަ އަޅާނުލުމުގެ މައްސަލަ މާލީ ގޮތުން ޚަރަދު ކުރެޔޯ އެކަމަކު އަނެއްހެން އަޅައެއް ނުލަޔޯ ތިމަންނަމެންނަކަށް ކިހާދެރަކަމެއް އިނގޭތޯ މިކަހަލަ ބައިވަރު މީހުން އެބައުޅޭ ހަމަ އެގޮތަށް ކެއާނުކުރާ އަޅާނުލާ އަނބިންވެސް އެބައުޅޭ އެހެންވީމާ މިހުރިހާ ކަމެއް ރަގަޅުވެގެން ނޫނިއްޔާ މިއަދުގެ ޒުވާނުންގެ މައްސަލަތައް ޙައްލުވެގެންނެއް ނުދާނެ.
މިކަންކަން ޙައްލު ކުރުމުގައި اللهُ سُبْحَانَهُ وَتَعَالى ގެ ޙަޟްރަތުން ތައުފީޤާއި ވާތްގަށް އެދެން ޖެހޭނެ. އަދި ހަމަ އެހެންމެ އަޅުގަނޑުމެން މިކަންކަން ޙައްލު ކުރުމަށްޓަކައި ވާތްގަށް އެދޭ ޙާލުގާ އަޅުގަނޑުމެންގެ އުޅުންވެސް ޖެހޭނެ އެގޮތަށް ބައްޓަން ކުރަން ކޮފީއަށް ގޮސް މީސްމީހުނާއެކީގަ އެހެން އުޅުނީމަ ކިހިނެއްވާނީ اللهُ سُبْحَانَهُ وَتَعَالى ކީރިތި ޤުރްއާނުގާ ވަޙީ ކުރައްވާފާވަނީ " وَيَوْمَ يَعُضُ الظَّالِمُ عَلَى يَدَيْهِ " ދުނިޔެމަތީގަ ފާފަކޮށްފައިވާ އަނިޔާވެރިޔާ އޭނަގެ ދެއަތުގާ ދަތްއަޅާ ދުވަހެވެ. ބޮޑުވާ އިނގިލީގާ އޭނާ ދަތް އަޅާނޭ އޭނަ ލަދުން އޭނަ ހަދާނެގޮތް ހުސްވެގެން ދެއަތުގަ ދަތްއަޅާނޭ އެދުވަހުން" يَقُولُ يَا لَيْتَنِي اتَّخَذْتُ مَعَ الرَّسُولِ سَبِيلًا " އޭނަބުނާނޭ އޭ ސަހަރޯއޭ ރަސޫލުގެ އަރިހުގާ މަގެއް ހިފުނުނު ނަމަ ކޮންފަދައެއް ހެއްޔެވެ. އޭގެ މާނައަކީ: އެކަލޭގެފާނުގެ އަރިހުގާ އުޅެ އެކަލޭގެފާނު އެންގެވި ގޮތަށް އުޅެވުނުނަމަ ކޮންފަދަހެއްޔޭ! " يَا وَيْلَتَى " އޭ އަހަރެންގެ މައްޗަށް ހުރި ހަލާކެއްގެ ބޮޑުކަމާއޭ ! " ليتني لَمْ أَتَّخِذْ فُلاَناً خَلِيلاً " އެވެނި މިވެނި މީހަކު އެއީ އަހުރެންގެ މިތުރަކު ކަމުގާ ބެސްޓް ފްރެންޑެއް ކަމުގަ ނުހެދުނުނަމަ ކޮންފަދަހެއްޔޭ " لَّقَدْ أضلني عَنِ الذِّكْرِ بَعْدَ إِذْ جاءني " ހަމަ ކަށަވަރުން އަހަރުންނާ ހަމަޔަށް ޛިކްރު ކީރިތި ޤުރްއާން އައުމަށްފަހުގާ ހަމަކަށަވަރުން އޭނާ އެރަޙްމަތްތެރިޔާ، އަހަރެންގެ އެންމެގާތް ރަޙްމަތްތެރިޔާ އެބެސްޓްފްރެންޑް އަހަރެންގެ މިތުރާ އަހަރެން އެޙައްޤުގެ މަގުން، ޛިކްރުގެ މަގުން އެއްކިބާ ކުރުވިއޭ " لَّقَدْ أضلني عَنِ الذِّكْرِ بَعْدَ إِذْ جاءني وَكَانَ الشَّيْطانُ للإنسان خَذُولاً " މިހެން މިކަންވާން މިޖެހެނީ ޝައިޠާނާ ވަސްވާސް ދީގެނޭ އެހެންވީމާ ޝައިޠާނާއަކީ އިންސާނާ އެންމެ ބޭނުންޖެހޭ ގަޑީގާ އޭނަޔަށް އަޅާނުލާ އޭނަޔަށް ކެހިދީފާ ފިލާ ރައްކާވާނެ އެއްޗެކޭ.
- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން