ދެރައެއްދިނަސް މާފުކުރުމުން ކުރާނެ ފައިދާ މާބޮޑުކަން ޤުރްއާނުން!: "ނުބައިކަމެއް ކޮށްފިމީހާއަށް ޢަފޫ ކޮށް، ޞުލްޙަވެރިވެގަތްމީހާގެ ޘަވާބުވަނީ، اللَّه ގެ ޙަޟްރަތުގަ!

ކިޔުމަށް ހޭދަވާނީ 2މ 58ސ
ދެރައެއްދިނަސް މާފުކުރުމުން ކުރާނެ ފައިދާ މާބޮޑުކަން ޤުރްއާނުން!: "ނުބައިކަމެއް ކޮށްފިމީހާއަށް ޢަފޫ ކޮށް، ޞުލްޙަވެރިވެގަތްމީހާގެ ޘަވާބުވަނީ، اللَّه ގެ ޙަޟްރަތުގަ!

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ ތަޢާލާޝޫރާ ސޫރަތުގެ 39 ވަނަ އާޔަތުން 41 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَالَّذِينَ إِذَا أَصَابَهُمُ الْبَغْيُ هُمْ يَنتَصِرُونَ ‎﴿٣٩﴾‏ وَجَزَاءُ سَيِّئَةٍ سَيِّئَةٌ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ ۚ إِنَّهُ لَا يُحِبُّ الظَّالِمِينَ ‎﴿٤٠﴾‏ وَلَمَنِ انتَصَرَ بَعْدَ ظُلْمِهِ فَأُولَٰئِكَ مَا عَلَيْهِم مِّن سَبِيلٍ ‎﴿٤١﴾‏

މާނައީ:  އަދި އެއުރެންނީ، އެއުރެންނަށް އަނިޔާވެރިވުމެއް އަންނަހިނދު، نصر ލިބިގަންނަ މީހުންނެވެ. (39) ނުބައިކަމެއްގެ ޖަޒާއަކީ އެއާއެއްފަދަ ނުބައިކަމެކެވެ. ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) عفو ކޮށް، صلح ވެރިވެގަތްމީހާގެ ثواب ވަނީ، اللَّه ގެ حضرة ގައެވެ. ހަމަކަށަވަރުން، އެކަލާނގެ، އަނިޔާވެރިންދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ. (40) އަނިޔާލިބުމަށްފަހު، نصر ލިބިގެންފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް ކުށްވެރިކުރުމުގެ އެއްވެސް މަގެއްނެތެވެ. (41) ·     

މުޞީބާތް ފިއްލަވާނެކަމަށް އުއްމީދުކުރުން: 

ﷲ ތަޢާލާ ޝޫރާ ސޫރަތުގެ 28 ވަނަ އާޔަތުގައި ވަޙި ކުރައްވާފައިވެއެވެ. 

‏وَهُوَ الَّذِي يُنَزِّلُ الْغَيْثَ مِن بَعْدِ مَا قَنَطُوا وَيَنشُرُ رَحْمَتَهُ ۚ وَهُوَ الْوَلِيُّ الْحَمِيدُ ‎﴿٢٨﴾‏

މާނައީ: އެކަލާނގެއީ، އެއުރެންގެ އުންމީދު ކެނޑުމަށްފަހު، ވާރޭވެއްސަވައި، އެކަލާނގެ رحمة ފަތުރުއްވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ގިނަގިނައިން حمد ލިބިވޮޑިގެންވާ، އެހީތެރިވަންތަ ރަސްކަލާނގެއެވެ. (28)

މިއަދު އޮންލައިން