މިއަދުނޫސް ދިވެހި ޢުމްރާ ވެރިޔަކު މައްކާގައި މިރޭ ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ހިޖާޒު ކުންފުނިން ޢުމްރާ އަށް ދިޔަ ގދ. ނަޑައްލާ އަލީ އިބްރާހީމް ދީދީއެވެ. މި ޢުމްރާ ވެރިޔާގެ ޖަނާޒާ މާތް ވެގެންވާ ޙަރަމްފުޅުގައި މިރޭ ފަތިސްނަމާދު ފަހުން އޮންނާނެ ކަމަށް މައުލޫމާތު ވަނީ ލިބިފައިކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.