އަނބިމީހާ ސިއްރުކޮށްގެން ހުއްޓައިވެސް އަނބިމީހާގެ 2 ދަރިން ތިބިކަން އެނގުމުން އަނބިމީހާގެ ރަނގަޅުކަމަށްޓަކައި ވަޤުތުން 2 ދަރިންނާ ޙަވާލުވި ދޮންބައްޕައެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
އަނބިމީހާ ސިއްރުކޮށްގެން ހުއްޓައިވެސް އަނބިމީހާގެ 2 ދަރިން ތިބިކަން އެނގުމުން އަނބިމީހާގެ ރަނގަޅުކަމަށްޓަކައި ވަޤުތުން 2 ދަރިންނާ
ޙަވާލުވި ދޮންބައްޕައެއްގެ ވާހަކަ-

އެދެމީހުންގެ ަކއިވެންޏަށް 4 މަހެވެ. އެއްދުވަހަކު ބެލްޖެހުމުން ދޮރުހުޅުވިއިރު ދޮރުމަތީގައި ތިބީ 2 އަހަރުގެ ކުޑަކުއްޖަކާއި 5 އަހަރުގެ ކުޑަކުއްޖެކެވެ. 2 ކުދިންނަކީވެސް އަންހެންކުދިންނެވެ. ދޮށީ ކުއްޖާ ބުނީ މިގެއަށް މިއައީ މަންމަ އުޅެނީ މިގޭގައިކަން އެނގިގެން ބައްދަލުކޮށްލަން ކަމަށެވެ. 

ފުރަތަމަ އޭނާ ވަރަށް ދެރަވިއެވެ. އޭނާއަށް އެންމެ ބޮޑަށް އަސަރުކުރީ ކުދިން ތިބި ނިކަމެތި ޙާލުފެނުމުންނެވެ. ވީދިފައިވާ ހެދުންލައިގެން ތިބުމުންނެވެ. އެހެންކަމާއިއެކުވެސް ވަރަށް ކަންބޮޑުވިއެވެ. އެއީ އަނބިމިހާގެ ބޮޑެތި ދަރިން ތިބިކަން އެނގުމުންނެވެ. އަނބިމީހާ ބުނެފައިވަނީ ދަރިއަކު ނެތްކަމަށެވެ. އެހެންވެ ޔަޤީންކުރަން އަނބިމީހާއަށް ގޮވައި ގެނުވިއެވެ.  

ދަރިން ފެނުމުން އަނބިމީހާއަކަށް ކެތެއް ނުކުރެވުނެވެ. ރޮމުން ކުޑަދަރިފުޅު އުރައިލިއެވެ. ބޮޑުދަރިފުޅު ގާތްކޮށްލިއެވެ. ބުންޏެވެ! "ލޯބިވާ ފިރިމީހާއެވެ! އަހުރެންނަށް މިކުރެވުނީ މާފުކުރަން ފަސޭހަވާނެ ކުށެއް ނޫންކަންވެސް އެނގެއެވެ. އެކަމަކު އެކަންވީގޮތް މިކިޔައިދެނީއެވެ. އަހުރެންގެ ފުރަތަމަ ފިރިމީހާޢަކީ ވަރަށް ބޮޑު އަނިޔާވެރިއެކެވެ. އަހުރެންނަށް އަނިޔާއެއް ކޮށްނުލެވޭނަމަ ރަނގަޅަށް ނިދައިލެވޭ ކަމަކަށްވެސް އޭނާ ނުހަދައެވެ. ކެތްނުކުރެވިގެން ގަދަކަމުން ވަރިވީއެވެ. ވަރިކޮށްފައިވެސް ކޮންމެ ދުވަހަކު ގެއަށް އައިސް އަނިޔާކުރެއެވެ. އެއަނިޔާތަކަށް ކެތްނުކުރެވިގެން ދެދަރިން މަންމަގެ ގާތުގައި ބައިތިއްބާފައި ފިލަން މަޖުބޫރުވީއެވެ. ތިބާއާއި ބައްދަލުވީ މަގުމަތީގައި އުޅެނިކޮށެވެ. ދަރިންގެ ވާހަކަ ބުނަން ނުކުރެފިފައި މިހުންނަނީ ހިތަށް އަސަރުނުކުރާތީއެއް ނޫނެވެ. ބުނެފިނަމަ އަހުރެން ވަރިކޮށްލައިފާނެ ކަމުގެ ބިރަށެވެ. އެކަމަކު އެސއްރު ބޭޒާރުމިވީއެވެ. ފިރިމީހާ ނިންމި ކޮންމެ ގޮތަކަށް އަހުރެން ރުހެމެވެ. އަހުރެމެން 3 މައިންނަށް ހަމްދަރުދީވެއްޖެނަމަ ތިބާއަށް ﷲ ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ. އަހުރެން އެއްލާނުލައި ބައިންދައިފިނަމަ އަހުރެންނަށްވުރެ ވަކިން ރަނގަޅު އަންތބަކު ނުހުންނާނެވަރަށް ތިބާއަށް ޚިދުމްތަކުރާނަމެވެ."  

ފިރިމީހާ ވިސްނައިލިއެވެ. އަނބިމިހާ ދެއްކިވާހަކައިގައި ބުރަދަންހުރިކަން ޤަބޫލުކުރެވުނެވެ. އޭނާ ވަޤުތުން 2 ދަރިން ޤަބޫލުކުރިއެވެ. އަނބިމީހާ ކުށްވެރިކުރުމާއިއެކުގައެވެ. ކުށްވެރިކުރީ ނުބުނެ ހުރީތީއެވެ. ބުނީ ތެދަށް ބުނިނަމަ ފުރަތަމަވެސް އެދަރިން ތިބޭނީ އަހުރެމެންނާއިއެކު މިގޭގައި ކަމަށެވެ.

އޭނާއަށް އަނބިމީހާގެ ކޮޅަށް އެހާފަސޭހައިން ބުރަވެވުނީ އަނބިމީހާގެ ރަނގަޅުކަމުންނެވެ. އޭނާގެ ކުރީގެ އަނބީމީހާއާއިއެކު ހޭދަކުރި 5 އަހަރުން ނުލިބޭވަރުގެ އުފަލާއި ހިތްހަމަޖެހުން މިހާރުގެ އަނބިމީހާގެ ކިބައިން ލިބެމުން އަންނާތީއެވެ.  

މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. އެފިރިމީހާގެ ހުރި ރަނގަޅުކަމަށް އިންތިހާއަށް ތައްރީފްކުރަމުންވެސް އަނބިންނަށް ބުނެލަން އޮތީ ހެޔޮލަފާ ފިރިއަކު ލިބިއްޖެނަމަ ލޯބިދޭށެވެ. ތިބާ ބޭނުންވާ ހުރިހާ ކަމެއްވެސް ޙާޞިލްކުރެވޭނެއެވެ. އިން ޝާ ﷲ

 

- ފާއިޤާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން