ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ތިމާ އަޅުކަންކުރާނަމަ ޝައިޠޯނާއަށް ތިމާގެ މައްޗަށް އެއްވެސް ބާރެއް ނުފޯރުވޭނެ ކަމަށެވެ. އަދި ބައެއް ފަހަރު ދީނުގެ އިންތަކުން ބޭރުވެވުނަސް ސަލާމަތްވެވޭނެ ކަމަށެވެ.
މިއީ ހަމަ ގޯސް ވިސްނުންތަކެކެވެ. ކިތަންމެ ގިނައިން އަޅުކަންކުރިނަމަވެސް ޝައިޠޯނާގެ ބަހަށް ހެއްލެވި އެންމެ ޢަމަލެއް ނަމަވެސް ޝައިޠޯނާ ބޭނުންވާ ގޮތަށް ކުރެވިއްޖެނަމަ އެމީހަކަށް އޮންނާނީ މަތިމައްޗަށް ފާފަތައް ކުރެވި އެންމެފަހުން ސަލާމަތްވެސް ނުވެވިފައެވެ.
ވިސްނުންތެރިކަމާއިއެކު ވިދާޅުވެލައްވާށެވެ! ޝައިޠޯނާ އަދާކުރާ ނުބައި ދައުރުން މިންވަރެއް އެނގިލައްވާނެއެވެ. އިން ޝާ ﷲ
ކުޑަކުޑަ ސްޓޯރީއެއް އަޅުގަނޑު ދަންނަވާލާނަން. ދަންނަވާލާފާ އަޅުގަނޑު ތިބޭފުޅުންނާ ވަކިވެލާނީ މިއަދު. ދެން ތިބޭފުޅުންގެ އެއްވެސް ކަހަލަ ސުވާލެއް އެއްޗެއް އޮވެއްޖެޔާމުން ވިދާޅުވާނީ. ޒުވާނުންވީމާ ހުންނާނެ އެކިކަހަލަ ޒުވާން ސުވާލުތައްވެސް. އެހެންނޫންތޯ ވާނީ.
އެއްފަހަރެއްގާ ބަނީ އިސްރާއީލް ބާގައިގެ މީހުންގެ ތެރޭގައި އަޅުވެރިޔަކު އުޅުނު އެއަޅުވެރިޔާ މިއިންނަނީ ފައްޅިއަށް އަރާ އޭނާ ބަރާބަރަށް އަޅުކަންކޮށް އަންހެނަކު ލޮލުންވެސް ނުދެކޭ. ވާހަކަޔަކީ އަންހެންކުދިންގެ ކަންތައްތައް ބޮޑުވެގެން ނުވަތަ ފާޙިޝް ޢަމަލުތައް ހިންގާ އެކަހަލަ އެއްވެސް ކަމެއް ނުކުރާނެ، އެއީ ޒިނޭއަކީ ވަރަށް ގިނަ ދީންތަކުގާ ޙަރާމް ކުރެވިފައިވާ އެއްޗެއް.
ކޮންމެއަކަސް އޭނާ އެތަނުގާ ހުއްޓާ ދެބޭބެޔަކު ދަތުރަކު ދާންވެއްޖެ ދާންވެގެން، މުޅިއެތި މިކުޅުނީ ޝައިޠާނާ މުޅި ސިނާރިއޯ ހިންގާފަވަނީ ޝައިޠާނާ. ސްކްރިޕްޓް ލިޔެ އަދި އޭތި ކުޅެ ޑައިރެކްޓްކޮށް ޕްރޮޑިއުސް ކޮށް ހުރިހާ ކަމެއް ކުރީ ޝައިޠާނާ. އަދި ފަހުން ފަޅާއެރުވީވެސް ޝައިޠާނާ.
އެހެންވީމާ އިންސާނުންލައްވާ ފާފަކުރުވާގޮތް ނިކަން ބައްލަވާ ބޮޑެތި ޖަރީމާތައް ހިންގާގޮތް ނިކަން ދެކިވަޑައިގެންބައްލަވާ. މީގެން އަޅުގަނޑުމެންނަށް އެނގޭނެ. ދެބޭބެ ދަތުރަކު ދާންވެގެން އެމިހުންގެ ކޮއްކޮއެއްހުރޭ އަންހެން ކޮއްކޮ އެއް. ދެން މިކޮއްކޮ ބަލަހައްޓާދޭނޭ އެއްވެސް އަމާނާތްތެރިޔަކު ފެންނާކަށް ނެތް ހަމައެކަނި މިފައްޅީގަ އިން ބޭކަލަކު ނޫން އިތުރު އެއްވެސް މީހަކު ނެތް. ދެން މިދެބޭބެއިން ވާހަކަދެއްކީ.
ދެއްކީމާ ބުނީ އޮހޮހޯ ތިމަންނަޔަކަށް ނުވާނޭ ތިކަމެއް ތިމަންނައަޔަކަށް ތިތަނަށް ގޮސް ނެހެދޭނޭ ބުނީމާ ބުނީ މައްސަލައެއް ނެތޭ ތިތާ ހުއްޓަސް ކޮންމެސް ވަރަކަށް ޙާލު ބަލާލަދެއްޗޭ ޙާލު ބަލާލީމާ އެނިމުނީއޭ، އޭރުން ތިމަންނަމެން މިދަނީ ދަތުރަކުއޭ ދެން މިމީހުން މިގޮތަށް އެއްބަސް ކުރުވައިގެން ފައްޅީގަ އިން އަޅުވެރިޔާއަށް ޙަވާލުކޮށްފަ މިމީހުން މިދިޔައީ ފުރައިގެން. ދިޔަފަހުން ޝައިޠާނާ އަނެއްކުޅި ކުޅެނީ، ޝައިޠާނާ ދެވަނަ ކުޅިކުޅެނީ.
ޝައިޠާނާ މިރާވަނީ މިއަންހެންކުއްޖާޔާ މިއަޅުވެރިޔާއާ ދިމާވާނެ ގޮތެއް. ރާވަމުން ގޮސް މިޚިޔާލުދެނީ ކަލޭ ތިތާކު ކޮންމެހެން އިންނާނެ ކަމެއް ނެތޭ އެކުއްޖާފުޅުގެ ޙާލުވެސް ބަލާލަން ޖެހޭނެ ނޫންހޭ ތިތާ އިނީމަ ކިހިނެއްހޭ ވާނީ އެމީހާޔަށް މަޝްވަރާދެނީ އެމީހާޔަށް ނުބައި ޚިޔާލުދެނީ އޭނަގެ ހިތަށް ކަންފަތަށް އަޑުއިވޭނަމައީ އެނގޭނެތާ މި ޝައިޠާނާ ނުބައި އެއްޗެއް ކިޔަނީކަން އެކަމް ހިތަށް އަންނާތީ އެއްވެސް މީހަކަށް އިޙްސާސެއް ނުވޭ މި ޝައިޠާނާ މިކަން މިގޮތަށް ކުރަނީކަމެއް.
ދެން ކޮންމެޔަކަސް އެހިސާބުން މިވާގޮތަކީ ދެބޭބެއިން ފުރައިގެން ދިޔަފަހުން ޝައިޠާނާ ވަސްވާސް ދީގެން އޭނަޔަށް މިވިސްނައިދެނީ އޭނަ އެކުއްޖާފުޅުގެ ޙާލު ބަލާލަން ޖެހޭނެކަން، ކޮންމެހެން އެތާމަތީގަ އަރާއިނދެގެން ނުވާނެކަން ދެން ފޭބީ ތިރިޔަށް ފައިބާ ދޮރުމަތީގަ އަންހެން ކުއްޖާވެސް އެގޭ ދޮރުމަތީގަ މިމީހާވެސް ފައްޅީގެ ދޮރުމަތީގަ. މިހާރު މިއޮތީ ޙާލު ބެލިފަތާ ޙާލު އެބަ ފެނޭނު، ދެން އެހިސާބުން މިކަންތައްތައް މިހެން ވަނީ. މިހެން ދަމުން ގޮސް ދެމީހުންގެ ތެރޭގައި ގުޅުން ބަދަހިކުރަމުންގޮސް މީނަޔަށް މިވިސްނާދެނީ ކަމަކު ނުދާނޭ ތިފައްޅިތެރޭގަ ހުރެގެން އަންހެން ކުއްޖާގެ ގެޔަށް ވަދެލާ އޭނަގެ ޙާލު ބަލާލަން ޖެހޭނެ ނޫންހޭ އެއީ އެވަރުގެ ބޮޑުކަމެއް ނޫނެއްނޫންހޭ.
އެއަކީ އެންމެފަހުން އެއަޅުވެރިޔާ ގެޔަށް ވެސް ވެއްދީ ވައްދައިގެން އެއަންހެން ކުއްޖާއާއި ގައިގޯޅިވެސް ކުރުވީ ގައިގޯޅި ކުރުވާ އެންމެފަހުން ނުވާންއޮތް ކަންތައްތައް ވެގެންދަނީ އަންހެން ކުއްޖާއާއި ފާޙިޝް ޢަމަލު ހިންގާ ޒިނޭކުރަނީ ޒިނޭކޮށްގެން އެންމެފަހުން އަންހެންކުއްޖާ ބަނޑުބޮޑުވެ ދަރިވެސް ވިހަނީ. ވަރަށް ބޮޑު މައްސަލައެއް މިހާހިސާބުން ޝައިޠާނާ ވިސްނާދެނީ އޭ! ތީ ވަރަށް ނުރައްކާ ކަމެކޭ މިހާރު ތިވީ އަންހެން ކުއްޖާއާއި ޒިނޭވެސް ކުރެވިފައޭ ތިއޮތީ ތިއޮއްބޮޑު އަޅުވެރިޔާ.
ދެން ބަލާބަލާށޭ، ބްލެކްމޭލް ކުރަނީ ދެން އިންސާނުންވެސް ބްލެކްމޭލް ކުރޭނޫންތޯ އަންހެންކުދިން ފޮނުވައިގެން ގޮތްގޮތަށް ހަދައިގެން ބްލެކްމޭލް ކުރޭ އެހެންވީމާ ޝައިޠާނާ ދެން އޭނަ ބްލެކްމޭލް މިކުރަނީ ބުނީ ސުބްޙާނަﷲ ތިހެން ހަދައިފިއްޔާ ކަލޭ ފަޅާއަރާނޭ އެދެބޭބެ އައިސް ކަލޭ މަރާލަފާނޭ ކުއްޖާ މަރާލާށޭ އޭރުން އެވިޑެންސް ދިޔައީ އެހެންނޫންތޯ އެމީހުން ހިންގި ޖަރީމާގެ ދަލީލު ފޮހެވިގެން އެދިޔައީ ކުއްޖާ މަރާލީ އެގޮތަށް ވަސްވާސް ދީގެން ދެން ނޭނގޭނެނޫންހޭ މާބޮޑަކަށް ދެން އޮންނާނީ ޒިނޭ ކުރުމުގެ ކަންތަކެއް ނޫންހޭ.
އަނެއްކާ ޝައިޠާނާ ބުނެފި އޭ! އަންހެންކުއްޖާ މިހާރު ހުންނާނީ ވަރަށް ނުރުހިއޭ ކަލެއާ އެއީ ދަރިފުޅު މަރާލީމާ ދަރިފުޅުމަރާލީމާ އަންހެން ކުއްޖާ ޔަޤީނޭ ކަލޭގެ ތިވާހަކަ ފަޅާ އަރުވާލާނޭ، ބޭބެމެންކާރީ ބުނާނޭ މީހުންކައިރީ ބުނާނޭ ޔަޤީނޭ ކަލޭ ފަޅާއަރާނޭ ތިކަމުގެ ސަބަބުން އެހެންވީމާ އަންހެންކުއްޖާވެސް ދުނިޔޭގައި ބަހައްޓައިގެން ވާކަށް ނޯންނާނޭ. ނުހުންނާށޭ ތިހެން ތިހެން ހުއްޓާ ބޭބެމެން އަތުވެދާނޭ ބޭބެމެން އަތުވެއްޖިއްޔާ ކިހިނެއްހޭ ވާނީ؟ އަންހެން ކުއްޖާ ނުބުނެ ނުހުންނާނޭ އޭނަ ދަރިޔަކު މަރާލީމާ، އަދި ކިތަންމެ ބުންޏަސް އޭނަ ބަނޑުއަޅާ ވިހޭ ދަރިއެކޭ އެއީ އެހެންވީމާ އެނަގެ އަމިއްލަ ދަރިފުޅު މަރާލީމާ އޭނަޔަށް ހިމޭނުން ހުރެވޭނެހޭ ނުހުންނާނޭ އޭނަބުނާނޭ ތިވާހަކަ ޔަޤީނޭ ކަށަވަރޭ.
އެހެންވީމާ އަންހެން ކުއްޖާވެސް މަރާލާށޭ، ދެން އެއަޅު ވެރިޔާއަށް އެގޮތަށް ވަސްވާސް ދީގެން ވިސްނާދީގެން އަޅުވެރިޔާ މިހެދި ގޮތަކީ ހުރިހާ ދަލީލުތަކެއް ފޮހެލަންވެގެން ހުރިހާ އެވިޑެންސެއް މަތި އަޅަންވެގެން އަންހެން ކުއްޖާވެސް ޤަތުލު ކުރީ އަންހެންކުއްޖާ ޤަތުލުކޮށް މަރާލާފަ ވަޅުގަނޑެއް ކޮނެފަ އަންހެންކުއްޖާ ވަޅަށް ވައްޓާލާފަ ފަސްއަޅާފަ މަރުވިކަމަށް ހަދާފަ ހަމަ އެހެންނާވެސް މީހުން މަރުވެފަ އޮންނަގޮތަށް ވަޅުލައިފި، އެއްކަލަ ދެބޭބެމެން އަތުވެއްޖެ ދެބޭބެ އައިސް މިބުނަނީ އަހަރެމެން ކޮއްކޮ ކޮބައިހޭ ބުނީމަ ބުނެފި ވަރަށް ދެރައޭ ވަރަށް ހިތާމައޭ (އެމީހުން ޝައްކެއްވެސް ނުކުރާނެތާ މިހާބޮޑު އަޅުވެރިއަކު މިކަހަ ނުލަފާ ކަމެއް ކޮށްފާނެ ކަމަކަށްވެސް ) ދެން ކޮއްކޮ ކޮބާހޭ؟ އޭނާމިބުނަނީ ވަރަށް ދެރައޭ ވަރަށް ހިތާމަ ހުއްޓޭ ކަލޭގެ ކޮއްކޮ ނިޔާވެއްޖޭ ކުއްލިއަކަށް ޠަބީޢީ ގޮތުން ނިޔާވިއްޔޭ ދެންހަމަ ނިޔާވެގެން ދެން ތިމަންނަ ކީއްހޭ ކުރާނީ، ދެން ތިމަންނަ ވަޅުލިއްޔޭ.
ދެން އެމީހުން ޤަބޫލުކުރާނެތާ މިވަރުގެ ބޮޑު އަޅުވެރިޔަކު މިހެން ބުނީމާ ކޮއްކޮ ހަމަ ނިޔާވީކަމަށް ނިޔާވެސްވެދާނެތާ ހަމަކޮންމެކަމެއް ވިޔަސް ހަމަ މިހެންހުރެފަ ހާޓްއެޓޭކެއް ޖެހިގެންވެސް މަރުވެދާނެ ނޫންތޯ އެހެންވީމާ އެގޮތަށް ނިޔާވީކަމަށް ހީކޮށްގެން މިދެބޭބެއިން ދެން ބަސް ޤަބޫލުކޮށްލައިގެން މިތިބެނީ، އެމީހުން ޙައިރާން ވެސްވީ ދެން އޭނަވަރަށް އަދި އެހާ މުސްކުޅި މީހެއްވެސް ނޫނޭ އެހެންނަމަވެސް ދެން މަރަކީ މީހާއާ ދުރުގާވާ އެއްޗެއް ނޫން އެހެންވީމާ އެމީހުން ޤަބޫލުކޮށްލައިފި އޭނާ މަރުވީކަމަށ
އެމީހުން އެދުވަހުގެރޭ ނިދަންތިއްބާ ޝައިޠާނާ މިއަންނަނީ ހުވަފެނުގާ ބައްލަވާ ހުވަފެނުގާ އައިސް އެމުޅި ސްޓޯރީ ތަމްސީލެއްގެ ގޮތުގާ ފިލްމެއްގެ ގޮތުގާ މިއޮއް ދެއްކީ އެދެމީހުނަށް، ދެބޭބެޔަށް މިދެއްކީ ކަންތައްތައް ވީގޮތް ހަމަ އަލިފުން ފެށިގެން ޔާ އަށް މަތިން އޭނާ ފާބައިގެން އައިސް އަންހެންކުއްޖާއާއި މައްލަވަކޮށް އަންހެންކުއްޖާޔާ ގުޅުން އުފައްދާ ގައިގޯޅިވެ މިހެންދަމުން ގޮސް އެންމެފަހުން ޒިނޭކޮށް ދަރިޔަކުލިބި ދަރިފުޅު މަރާލާ ދެން އެކަން އަނެކަތިވެދާނެތީ ކޮއްކޮވެސް މަރާލީ، ކަލޭމެންގެ ކޮއްކޮ މަރާލީ ދެން އެމީހުނަށް ފެންނާނެތާ މަންޒަރު ސީދާ. މަންޒަރު މިދެއްކީއޭ ބުނީކީނޫން ހަމައެކަނި ހިތަށް އައީކީ ނޫން. ސީދާ މަންޒަރު. އެމީހުންގެ ހުވަފެނުގާ ދެއްކީ ރީތިކޮށް ފިލްމެއް ގޮތަށް. ދެން ކިހިނެއް ވާނީ؟
ދެން ހޭލެވިއްޖެ ހޭލެވިގެން އެމީހުން ހިތައް އެރި އޭ މީހަމަ ވެދާނެގޮތެކޭމީ. ވަސްވާސް ދީފި ކުއްލިއަކަށް ހަމަ އެމީހުން ހޭލިއިރަށް މީ އެއްކަލައެހެން ވެފައޭ އޮތީ މީ ވެދާނެ ކަމެކޭ ކަލޭމެން ތިހެން ބަލާކަށް ނުހުންނާނޭ ޔަޤީން ކުރަންޖެހޭނޭ ތިކަންތައްތައް ތިހެން އަދި އަޅުވެރިޔަކު ތިހެން ބުންޏަކަސް ޤަބޫލު ކޮށްލާކަށް ނުވާނެނޫންހޭ އެހެންވީމާ ކަލޭމެން އެބަޖެހޭ އެތަން ކޮނެގެން ބަލަންވެސް މިމީހުނަށް ވަސްވާސް ދިނީ ދީގެން އެމީހުންލައްވާ އެބަ އެއްކަލަތަން ކޮނެގެން ބެލިއިރު ސުބްޙާނަﷲ މިއޮތީ ޤަތުލުކޮށްފަ. މަރާލާފަ.
މިއޮތީ އެހިސާބުން ޝައިޠާނާ ރޭވީ މިމީހުނަށް ވަސްވާސްދީ މިމީހުން ކައިރީގާ މިބުނަނީ މިކަލޭގެ ދޫނުކުރައްޗޭ މިކަލޭގެ ސީދާ ޞަލީބަށޭ ނަގަންޖެހޭނީ އެހިސާބުން އޭނާ ޞަލީބައް ނަގާ މަރާލަންވެގެން އެމީހުން އޭނާ ޞަލީބަށް ނެގީ އަދި މުޅިން މަރެއްނުވޭ ޞަލީބުގެ ހަރަށް އޭނާ ނަގާފާ ހުއްޓާ ޝައިޠާނާ ދެން މިއަންނަނީ އައިއްސަ މިބުނަނީ ކަލެޔަށް އެނގޭހޭ ތިމަންނައަކީ ކާކުކަން، ތިމަންނަ އަކީ ޝައިޠާނާއޭ ތިމަންނައޭ ކަލެއަށް ދިމާވެގެން މިއުޅުނު ހުރިހާކަމެއްގެ މޭސްތިރިއަކީ ތިމުޅިއެތި ރޭވީވެސް ތިމަންނައޭ ތިކަން ހިންގުވީ ވެސް ތިމަންނައޭ ތިމަންނައޭ ތިކަން ފަޅާ އަރުވާލީވެސް.
އެހެންވީމާ ދެން މިހާރު ކަލޭ ތިތަނުން ސަލާމަތްވާން ބޭނުންހެއްޔޭ؟ މަރުން ސަލާމަތްވާން ޞަލީބަށް ނެގުމުން މަރުވުމުން ސަލާމަތްވާން ބޭނުންހެއްޔޭ؟ ބުނީމަ އޭނަ މިބުނަނީ އާނ! ބޭނުމޭ، ބުނެވިދާނެތާ! އޭނަ ބޭނުމެއްނުވޭ މަރުވާކަށް އޭނަ ވިސްނުމުގަ ހުންނާނީ ތައުބާވެގެން އޭނަ އުޅޭނީއޭ އެކަމު ޝައިޠާނާ މިހުށަހަޅަނީ އެއަށްވުރެ މާނުބައި އެއްޗެއް، ތިމަންނަ ބުނާކަމެއް ކޮށްފިނަމަ ކަލޭ ތިތަނުން ސަލާމަތްކުރާނަމޭ ތިމަންނަ އެކަންޏޭ ދެންމިހާރު ކަލެޔާ އަޅާލަން ހުރީ ތިމަންނަޔަކީ ޝައިޠާނާއޭ، އެހެންވީމާ ތިމަންނަ މިބުނަނީއޭ ކަލޭ ހައްދަވާ ބޮޑުކުރައްވާ ކަލޭ ޚަލްޤު ކުރެއްވި އިލާހަށް ކަލޭގެ ރައްބަށް ކަލޭ ކާފަރުވާށޭ.
އޭނަ ދެން މަރުން ސަލާމަތްވާންވެގެން އޭނާމިބުނީ ތިމަންނަ ޚަލްޤު ކުރެއްވި ރައްބަށް ތިމަންނަ ކާފަރު ވެއްޖައީމޭ، ހަމަބުނީ ޝައިޠާނާ ބުނީ ކޮބާ ބޯން އޮތްބޮނޑި ބުއި، ތިމަންނަ ނޫޅެމޭ ކަލެޔާ އަޅާލާކަށް ކަލެޔަށް ވާގޮތެއް ކަލޭބަލާށޭ ތިމަންނަ މިދަނީއޭ. ކިޔާފަ އޭނަ ރައްކާވީ އެއްކަލަ މީހުން އައިސް މީނަ ޞަލީބަށް ނެގީ. ވަﷲ ޢައުލަމް. ސުބްޙާނަﷲ ކިހާދެރަ ކިހާ ހިތާމަ ހުރި މިއޮއްބޮޑު ޖަރީމާ ހިންގުވާ މިކަން ރޭވީވެސް އޭނަޔޭ އަދި މިކަން ފަޅާއެރުވީވެސް އޭނަ މީގެ ހުރިހާ ކްރެޑިޓެއް ބޭނުންކުރީވެސް އޭނަ،
ބައްލަވާ އެހެންވީމަ އޭނަގެ މަޤްޞަދަކީ އިންސާނުންނަށް ކެހިދިނުން، އިންސާނުންނަށް ލަނޑުދިނުން މިކަހަލަ ކިތަންމެ ކަމެއް އަޅުގަނޑުމެނަށް އެބަވޭ އަޅުގަނޑުމެނަށް ވަސްވާސްދީގެން އަޅުގަނޑުމެންލައްވާ ޒިނޭ ކުރުވާ ޤަތުލު ޢާއްމުތައް ހިންގާ މާރާމާރީ ހިންގުވާ، މަސްތުވާތަކެތި ބޭނުންކުރުވާ، މިހުރިހާ ކަމެއް މިކުރަނީ އަޅުގަނޑުމެންގެ ނަފްސަކުން ނޫނޭ، ޝައިޠާނާ ވަސްވާސް ދީގެން އަޅުގަނޑުމެނަށް ކުރެވެނީ އެކަމު ﷲ އެބަ އަންގަވައޭ ޝައިޠާނާ އެބައުޅެއޭ ވަސްވާސް ދޭނޭ ޙައްޤުމަގު މިއޮތީއޭ ބާޠިލްމަގު މިއޮތީއޭ ޙައްޤުމަގުން ހިނގާށޭ ބާޠިލްމަގުން ނުހިނގާށޭ.
- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން