ރަމަޟާން މަހުން ދެން އޮތް މަދު ދުވަސްކޮޅުގައިވެސް ދީލަތިވެލުމުން ކުރާނެ ފައިދާ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ރަމަޟާން މަހުން ދެން އޮތް މަދު ދުވަސްކޮޅުގައިވެސް ދީލަތިވެލުމުން ކުރާނެ ފައިދާ މާބޮޑުވާނެ!

ރަމަޟާން މަހަކީ އެހެން މަސްތަކަށްވުރެ ޚަރަދު ބޮޑޫ މަހެކެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއް ކަމަކީ ރިޒްޤް އިތުރަށް ތަނަވަސްވުމެވެ. ރިޒުޤް ތަނަވަސްވުމަށް އެދޭ މީހާ ކުރަންވީ ކަންކަން ދީނުގައި ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. 

އެގޮތުން ބަލާއިރު ތިމާއަށް ރިޒުޤް ތަނަވަސްވުމަށް އެދޭމީހާ ދަތިޙާލުގައި ހުރި މީހަކަށް އެހީތެރިވާން ފަސްނުޖެހޭށެވެ. ފުރަތަމަކަމަކަށް އެކަންކުރާށެވެ! އަވަސްކުރަންވީ އެކަމެވެ. އަމިއްލަ ގެއަށް ތަކެތި ވެއްދުމުގެ ކުރިން ވެސް އަދި ވައްދަމުންވެސް މާނައަކީ ކޮންމެ ދުވަހަކުވެސް އެކަން ކުރެވޭތޯ ބަލާށެވެ!  

އެހެނީ ދަތިޙާލުގައި ހުރި މީހަކަށް އެހީތެރިވުމުން ފުރަތަމަވެސް އެހީތެރި އެވެވެނީ ތިމާއަށެވެ. އެއީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ވަގުތުން ލިބިގެންދާނެތީ އެވެ. އަމިއްލަ ގެއަށް ވައްދަން ޖެހޭ ތަކެތި ވައްދަން މަގު ﷲ ތައާލާ ފަހިކުރައްވައި ދެއްވަވާނެތީއެވެ. 

މީސްތަކުންނޭވެ! ބަލަންވީ ގޭތެރޭގެ ކަންކަން ފުރިހަމަކުރުމަކަށް ނޫނެވެ! ވީހައި ގިނަ ބާވަތުގެ ކާބޯތަކެތި ވައްދައި ގޭތެރެ ފުރާކަށްވެސް ނޫނެވެ. މަސައްކަތްކުރަންވީ އިންސާނުންނަށް ނުވެސް ވިސްނޭނެހައި މިންވަރަށް ﷲ ތަޢާލާ ފުރިހަމަކުރައްވަވައިފައިވާ ސުވަރުގެ ވަނުމަށެވެ. ބޭނުން ކޮންމެ އެއްޗެއް ހިތަށް އަރުވައިލުމުން ކާން ލިބޭނެ ސުވަރުގެ ވަނުމަށެވެ.  

ވީމާ ކޮންމެ މީހަކުވެސް ފުރަތަމަ ކަމެއްގެ ގޮތުގައި އެމީހެއްގެ މިންވަރުން ޙާލުގައި ޖެހިފައިވާ މީހަކަށް އެހީތެރިވެދޭށެވެ! އަވަށްޓެރިންގެ ތެރޭގައި އެފަދަ މީހަކު ހުރިތޯބަލާށެވެ! އަމިއްލަ ޢާއިލާގެ ތެރޭގައި އެފަދަ މީހަކު ހުރިތޯ ބަލާށެވެ! އަދި ދުރުގައިވެސް އެފަދަ މީހަކު ހުރިތޯބަލައި އެހީތެރިވެދޭށެވެ! ﷲ ތަޢާލާ އެމީހަކަށް ހުރިހާ ކަމެއްވެސް ފަހިކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން