އެކުވެރިންނަށް ޝެއާކޮށް މިބޮޑު ލަނޑުން ސަލާމަތްކުރުވަން މަސައްކަތްކުރާތި! ކާއެއްޗެއްސަށް މޮޔަވެ "ދެބަނޑަށްކައި ބަނޑުފުރުން": ރަމަޟާންމަހު ގިނަ ބައަކަށް ޝއިޠޯނާ ދޭ އެންމެ ބޮޑު ލަނޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އެކުވެރިންނަށް ޝެއާކޮށް މިބޮޑު ލަނޑުން ސަލާމަތްކުރުވަން މަސައްކަތްކުރާތި! ކާއެއްޗެއްސަށް މޮޔަވެ "ދެބަނޑަށްކައި ބަނޑުފުރުން": ރަމަޟާންމަހު ގިނަ ބައަކަށް ޝއިޠޯނާ ދޭ އެންމެ ބޮޑު ލަނޑު!

މިއަހަރުގެ ރަމަޟާންމަހުން ދެން ލިބޭނީ އޮނަހިރި 2 ރެއެވެ.

އެއީ 27 ވިލޭރެއާއި 29 ވިލޭރެއެވެ. އެހެންކަމުން ރަމަޟާންމަސް ލިބިގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިވަނީ މެކްހަށް ޖަހަން ޖެހިފައެވެ. އެހެންވެ ކިޔުންތެރިން ސަމާލުކަންދެއްވަން އޮތް މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ. އިން ޝާ ﷲ   

މުސްލިމުން އަބަދުވެސް ކެއުން ބަހައްޓަންވީ ސުންނަތުގައި އޮތްމަގުންނެވެ. އެއީ ބަނޑުގެ 3 ބައިކުޅައެއްބައަށް ކެއުމާއި އަނެއް ބައަށް ފެންބުއިމާއި ނޫވާލުމަށްޓަކައި އަނެއްބައި ހުހަށް ބެހެއްޓުމެވެ. ކައިބޮއި ހެދުމަށް މިއަށްވުރެ ފުރިހަމަ އަދި ފައިދާހުރި ގޮތެއް ނުވެއެވެ.

އެހެންކަމާއިއެކުވެސް ދުވާލު ނުކައި ހުރެފައި ރޯދަވީއްލާ ވަޤުތު ގިނައިން ކާބައަކު އުޅެއެވެ. އެމީހުންނަށް އޮންނަނީ މަޣްރިބް ނަމާދާއި ޢިޝާނަމާދާއި ތަރާވީޙް ނަމާދުކުރަން އުނދަގޫވެފައެވެ. ތަރާވީޙުން ގެއަށް އައިސް ގިނައިންކާ މީހުންނަށް ދަމުނަމާދުކުރަންވެސް އުނދަގޫވެއެވެ.  

މިހެންވާ އެއް ސަބަބަކީ ކެވޭ ތަކެއްޗެވެ. ބޭނުންވާ ހަކަތަ ހޯދަން ގިނައިން ކާން ބޭނުންވުމެވެ. އެއީ ޙައްލުކުރަން ވަރަށް އުނދަގޫވާ މައްސލައެކެވެ. ސަބަބަކީ ގިނައިން ކާން ބުނަނީ ހަށިގަނޑު ކަމަށްވުމުންނެވެ. އަދި ހަށިގަނޑު ބުނާބުނުމަށް ޝައިޠޯނާ ބާރުއަޅާތީއެވެ. ޝައިޠޯނާގެ ބޭނުމަކީ ވަރުބަލިކޮށްލުވައި ނަމާދާއި ސުންނަތް ނަމާދުތައް ކުރަން ކަންނެތް ކުރުވުމެވެ.  

މިކަމަށް އޮތް ޙައްލަކީ ލިބޭ މިންވަރަކުން ހަށިގަނޑަށް ފައިދާހުރި، ހަކަތަ ލިބޭ ތަކެތި ކެއުމެވެ. އެއިރުން އެހައި ގިނައިން ކާކަށް ހަށިގަނޑު ބާރެއް ނުއަޅާނެއެވެ. ގިނައިން ނުކައި ސަލާމަތްވެވޭނެއެވެ. އިން ޝާ ﷲ


މިއަދު އޮންލައިން