އަނބިމީހާއަށް މައިދައިތަގެ ކިބައިން ލިބޭ އަނިޔާ ހުއްޓުވަން ކުރަންޖެހޭ ކަންކަން ކުރުމަކީ މައިންބަފައިންނަށް އިޙްތިރާމް ކުޑަކުރުމެއް ނޫން! ފާފަވެރިވާނީ ނުހުއްޓުވީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އަނބިމީހާއަށް މައިދައިތަގެ ކިބައިން ލިބޭ އަނިޔާ ހުއްޓުވަން ކުރަންޖެހޭ ކަންކަން ކުރުމަކީ މައިންބަފައިންނަށް
އިޙްތިރާމް ކުޑަކުރުމެއް ނޫން! ފާފަވެރިވާނީ ނުހުއްޓުވީމަ!

އަޅުގަނޑާއިމެދު އަޅުގަނޑުގެ ފިރިމީހާގެ މައިންބަފައިން ކަންކަން ކުރަނީ ރަނގަޅަށް ނޫންކަން ފިރިމީހާއަށް އެނގެއެވެ.

ނަމަވެސް އެއްވެސް ބަހެއް ނުބުނެއެވެ. ފިރިމީހާ ބުނަނީ މައިންބަފައިންނަށް ބަހެއް ބުނެފިނަމަ ފާފަވެރިވާނެ ކަމަށެވެ. އަޅުގަނޑުގެ ސުވާލަކީ އެއީ ދީނުގައި ހަމަ އެކަން އޮންނަ ގޮތްތޯއެވެ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ލިބެން ދޫކޮށްލަން ދީނަކު ނެތެވެ. އޮތީ އެކަމަކުން ސަލާމަތްކުރަން މަސައްކަތްކުރުމެވެ. ޚާއްޞަކޮށް އަނބިމީހާއަށް ކުރިމަތިވާ ކޮންމެ ކަމަކުން ސަލާމަތްކޮށްދީ ރައްކައުތެރިކަމާއި ޙިމާޔަތް ދިނުން ވާޖިބުވާނެއެވެ.  

ތިރީގައިވާ ލިޔުމުން ވިދާޅުވެލައްވާށެވެ! 

ތިމާގެ މައިންބަފައިން ތިމާގެ އަނބިމީހާއާއި މެދު ބޭއިންސާފު ޢަމަލު ކުރާނަމަ އެކަން އެދެމީހުނަށް ބުނެދީ އެކަން އިސްލާހު ކުރަން މަސައްކަތްކުރުމަކީ މައިންބަފައިންނަށް ނުކިޔަމަންތެރިވުމެއް ނޫނެވެ.  

އަދި އަނބިމީހާ ވެސް މައިންބަފައިނަށް އިހާނެތިކޮށް ހިތަނީނަމަ އެކަން އިސްލާހު ކުރަން މަސައްކަތްކުރުމަކީ ތިމާގެ ޒިންމާއެކެވެ. ޢަދުލުވެރިވާށެވެ 

މައިންބަފައިނަށް އިހްސާންތެރިވުމަށް އަމުރުކުރައްވާފައިވާ ފަދައިން އަނބިމީހާއަށްވެސް އޯގާތެރިވުމަށާއި ޙައްގުތައް ދިނުމަށް އިސްލާމް ދީނުގައި ވަނީ ޢަމުރުކުރައްވާފައެވެ. އެއިން އެއްވެސް ކަމަކަށް އިހުމާލުވުމަކީ ފާފަވެރިވާނެކަމެކެވެ.


- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން