މާމިގިލީގައި ކުރިއަށް ގެންދިޔަ ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
މާމިގިލީގައި ކުރިއަށް ގެންދިޔަ ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

އދ. މާމިގިލީގައި ކުރިއަށް ގެންދިޔަ ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، ޖުމްލަ 26 ޒުވާން ޚަޠީބުން ވަނީ ސަނަދު ޙާސިލްކޮށްފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރި ޒުވާނުންނަކީ މިހާރު މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުމާއި، ދީނީ އެކިއެކި ކަންކަމުގައި އިސްނަގައިގެން މަސައްކަތް ކުރުމުގެ ފަންނީ ޤާބިލުކަން ލިބިފައިވާ ފަރާތްތަކެކެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޚާއްޞަ މަޝްރޫޢެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަރުމާކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

zuvaan hatheebun

މި ޕްރޮގްރާމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިހާތަނަށް ހިންގި ދެ ޕްރޮގްރާމެއްގެ ތެރެއިން 300 އަށްވުރެ ގިނަ ޚަޠީބުން ތަމްރީން ކުރެވިފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމަށް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މި ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަނީ. މި ޕްރޮގްރާމުން ސަނަދު ހާސިލްކުރާ ޚަޠީބުން މުޖުތަމަޢުންވެސް ވަރަށް ބޮޑަށް ބަލައިގަނެފައިވޭ،" ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ޒުވާން ޚަޠީބުން ތަމްރީނުކޮށް މުޖުތަމަޢަށް ނެރުން ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

މިއަދު އޮންލައިން