މާފުށީގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
މާފުށީގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ކ. މާފުށީގެ ޞިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް އިފްތިތާޙު ކުރުމަށްޓަކައި މިއަދު މާފުށީގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މާފުށީ ޞިއްޙީ މަރުކަޒުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމް އެވެ.

ޞިއްޙީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މާފުށީގައި މި ޚިދުމަތް ފެށުމަކީ އެ ރަށުގެ ރައްޔިތުންނަށާއި އެ ސަރަހައްދުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ޞިއްޙީ ދާއިރާއިން ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ކުރިން ފިޒިއޮތެރަޕީގެ ޚިދުމަތް ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް މިކަމުގެ ސަބަބުން ނިމުމެއް އަންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މާފުއްޓަކީ ރަށު ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ކުރިއަށްގެންދާ ރަށަކަށް ވުމާއެކު، ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށްވެސް މި ޚިދުމަތް ލިބިގެންދިއުމަކީ ލިބޭނެ އިތުރު ފަސޭހައެއްގެ ގޮތުގައި ޞިއްޙީ ވުޒާރާއިން ފާހަގަކުރެއެވެ. މި ޚިދުމަތާއެކު މާފުށީގެ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ގާތުން ޚިދުމަތް ލިބޭނެ މަގު ވަނީ ތަނަވަސްވެފައެވެ.

މިއަދު އޮންލައިން