ބައިވެރިޔާގެ ކިބައިގަ ހުންނަން އެންމެ ނޭދޭ ސިފައަކީ ދޮގުހެދުންކަމަށް ކިޔުންތެރިންގެ ބޮޑު އަޣްލަބިއްޔަތަކުން ކަނޑައަޅައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ބައިވެރިޔާގެ ކިބައިގަ ހުންނަން އެންމެ ނޭދޭ ސިފައަކީ ދޮގުހެދުންކަމަށް ކިޔުންތެރިންގެ ބޮޑު އަޣްލަބިއްޔަތަކުން ކަނޑައަޅައިފި!

ބައިވެރިޔާގެ ކިބައިގައި ހުންނަން އެންމެ ނޭދޭ ސިފައަކީ ދޮގުހެދުން ކަމަށް މިއަދުނޫހުގެ ކިޔުންތެރިންގެ ވަރަށް ބޮޑު އަޣްލަބިއްޔަތަކުން ކަނޑައަޅައިފިއެވެ.

ކިޔުންތެރިން އެގޮތަށް ބުނެފައިވަނީ ރަމަޟާން މަހަށް ޚާއްޞަކޮށްގެން މިއަދުނޫހުން ކުރިއަށް ގެންދާ ކޮންމެ ދުވަހަކު ކިޔުންތެރިއަކަށް 5 ފުޅި ހުވަނދުލިބޭ 14 މާރިޗް ދުވަހުގެ ސުވާލުގެ ޖަވާބުގައެވެ.  

ދޮގުހެދުމުގެ މައްސަލަ 97 އިންސައްތަ ކިޔުންތެރިންވަނީ ފާހަގަކުރައްވައިފައެވެ. ދޮގުހެދުމުގެ އިތުރުން ފާހަގަކުރައްވާފައިވަނީ ރުޅިގަދަވުން، ދީނީ ކަންކަމަށް ދުރުހެލިވުން، މަކަރުހެދުމާ އޮޅުވާލުމެވެ.  

ވީމާ ޖުމުލަގޮތެއްގައި ބުނާނަމަ އެންމެ ގިނަބައަކު ކަންބޮޑުވަނީ ތެދުވެރިކަން ނެތުމުންނެވެ. އަދި ދީނީ ކަންކަމަށް ދުރިހެލިވުމާއި ރުޅިގަދަވުމެވެ.  

މިކަންކަން ހާމަކުރަން ބޭނުންވީ މިކަންކަމަކީ މިއަދުނޫހުން އެންމެ ބޮޑަށް ސަމާލުކަންދީގެން އެންމެ ގިނައިން ފާހަގަކޮށް ލިޔަމުންގެންދާ މައްސަލަތައް ކަމަށްވާތީއެވެ. އަދި ރަނގަޅު، އުފާވެރި ދިރިއުޅުމަކަށްޓަކައި މިކަންކަން ޙައްލުކުރަންޖެހޭކަން ކިޔުންތެރިން އަމިއްލަފުޅަށްވެސް ފާހަގަކުރެއްވީތީއެވެ.

 

މިއަދު އޮންލައިން