ދަރިންކޮޅު ގޮވައިގެން އެކަނިވެރި މައިންނަށް އުޅެން މިއަދު ޖެހިފައިވާ ދަތިޙާލަކީ އުފަލުން އުދުހެމުންގޮސް ސުވަރުގެ ވަދެވޭނެ ސަބަބަށްހަދާށެވެ! ހެދޭނެއެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ދަރިންކޮޅު ގޮވައިގެން އެކަނިވެރި މައިންނަށް އުޅެން މިއަދު ޖެހިފައިވާ ދަތިޙާލަކީ އުފަލުން އުދުހެމުންގޮސް ސުވަރުގެ ވަދެވޭނެ
ސަބަބަށްހަދާށެވެ! ހެދޭނެއެވެ! އިން ޝާ ﷲ

ޒަވާޖީ ޙަޔާތެއްގައި ދިރިއުޅެމުން ގޮސް ދަރިންތަކެއް ލިބިފައިވަނިކޮށް ކައިވެނި އެބަ ރޫޅެއެވެ. އަދި ގިނަ ފަހަރު އެހާލަތުގައި ދަރިންގެ ބައްޕަ އެބަ ގެއްލެއެވެ. ވަރަށް ދަތިޙާލުގައި ދަރިންކޮޅު ބަލަހައްޓަން މަންމައަށް ޖެހެއެވެ.  

އެޙާލަތުގައި ބައެއް މައިންނަށް ވިސްނޭނީ އެއީ ތިމާއަށް ނުކުރެވޭނެ ކަމެއް ކަމަށެވެ. މިއީ އުފުލޭނެ ތަކްލީފެއް ނޫންކަމަށެވެ. އަދި ގިނަ ފަހަރު ވިސްނޭނީ ﷲ ތަޢާލާގެ ޙަޟްރަތަށް ކިޔަމަންތެރި، ތެދުވެރި އަޅަކަށްވެގެން ދަރިންކޮޅު ގޮވައިގެން ނުއުޅެވޭނެކަމަށެވެ. ނަމަވެސް އެއީ ހަމަ މުޅިން ނުބައި ވިސްނުމެކެވެ.  

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވަނީ އެއްވެސް ނަފްސަކަށް ނުއުފުލޭނެ ވަރުގެ ތަކްލީފެއް އެމީހަކަށް ނުޖައްސަވާނެ ކަމަށެވެ. ބަޤަރާ ސޫރަތުގެ އެންމެ ފަހު އާޔަތުގައިވާ މިވަޙީބަސްފުޅަކީ މުސްލިމުން ވަރަށް ފަރިތަ ބަސްފުޅެކެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިން އެއާޔަތް ކިޔަވަން އެއޮތީ ސަބަބުތަކަކަށްޓަކައެވެ.  

ލޮބުވެތި އުޚުތުންނޭވެ! ކޮންމެ ރެއަކު ދަރިން ނިންދަވާއިރު އެއާޔަތް ދަރިންނަށް އެބަކިޔައިދެމުއެވެ. ދަރިންނަށް އާޔަތް ކިޔައިދީފައި ތިބާ އާޔަތް ޤަބޫލުނުކުރީމާ އެއީ ދެކޮޅުޖެއްސޭނެކަމަކަށް ނުވާނެއެވެ. އެހެނީ ފުރަތަމަ އޮތީ ކިޔައިދޭ މީހާ އެކަން ޤަބޫލުކުރުން ކަމުގައިވާތީއެވެ.  

ދަތިޙާލުގައި އުޅެން ޖެހުމުން ކަންބޮޑުވެވޭނެއެވެ. ފިކުރުބޮޑުވާނެއެވެ! އެހެންކަމާއިއެކުވެސް އަޅައިވެސް ނުލާށެވެ! ﷲ ތަޢާލާގެ ވަޙީބަސްފުޅަށް ޔަޤީންކުރުމާއިއެކު ކެތްތެރިވެ ވަކީލްކުރާށެވެ! އެގޮތުގައި ޘާބިތުވެވިއްޖެނަމަ ތިބާއަކީ ދުނިޔޭގައިވެސް އުފަލުން ފުރިގެން ހުންނާނެ މީހަކަށްވުމުގެ އިތުރުން އާޚިރަތް ދުވަހު ތިބާ އުދުހޭނެއެވެ. އުދުހިފައި ގޮސް ސުވަރުގެ ވަދެވޭނެއެވެ. އިން ޝާ ﷲ.

ވީމާ ދަތިޙާލެއް ކުރިމަތިވާއިރަށް ޝައިޠޯނާ ދޭ ވަސްވާސްތައް ޤަބޫލުނުކުރާށެވެ! ޤިޔާމަތް ދުވަހު އުދުހިފައި ގޮސް ސުވަރުގެ ވަދެވޭ މީހަކު ކަމުގައިވުމަށް މަސައްކަތްކުރާށެވެ! ހިންމަވައި ދެއްވަވާނެއެވެ. އިން ޝާ ﷲ. ޤިޔާމަތްވެ މަޙްޝަރުގެ މައިދާނަށް ގެންދެވުމުން ނޫނީ އެދުވަހު ކަންކަން ވާނެ ގޮތް ނުއެނގުނު ނަމަވެސް މިބުނިމަގުން ދުނިޔޭގައި ޢަމަލުކުރުމުން އުފާވެރިކަން ލިބުނު މީހުންނަށް ބެލުމުން މިދައްކާ ވާހަކައިގެ ތެދުކަން އެނގޭނެއެވެ. އަދި ތިމަން ﷲ ވޮޑިގެންވަނީ ކެތެރިވެ ނަމާދުކުރާ މީހުންނާއި އެކުގައިކަމަށް އޮތް އާޔަތް ޔަޤީންކުރުމުން އެއޮތީ ދެން އޮތް ބައަށް ދަލީލް ލިބިފައެވެ. އޮތީ އިތުބާރުކޮށް ޘާބިތުވުމެވެ.

 

- މައްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން