މިއަހަރުގެ ރޯދަމަހުގައިވެސް ބަލިޙާލު ހުރި ގޮތުން ރޯދަ ނުހިފޭ ބައަކު ތިބޭނެއެވެ. އެކި މީހުންގެ ޙާލަތު ހުންނާނީ އެކިގޮތަށެވެ. ވީމާ އެޙާލަތުގައި ޢަމަލުކުރަން އޮތް ގޮތް އެނގުން ވަރަށް މުހިންމެވެ.
އަޅުގަނޑުގެ ބައްޕަ އަކީ ޢުމުރުން ދުވަސްވީ މީހެކެވެ. މިދިއަހަރުން ފެށިގެން އަދިވެސް އޮތީ އެނދުމަތިވެފައެވެ. ގެއްލުނު ރޯދައިގެ ޢަދަދެއްވެސް ނޭނގެއެވެ! ދެން ކަންތައްކުރަން އޮތީ ކިހިނަކުންތޯއެވެ؟
"ގެއްލުނުކަން ޔަޤީންވާ ރޯދައިގެ އަދަދަށް ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭނީއެވެ. ބަދަލުގައި ދަރިންނަށް ރޯދަހިފައިދިނުން އޮތީ ބައްޕަ އޮތީ ގަދަވާނެ ކަމުގެ އުންމީދު އޮތް ބައްޔެއްގައި ކަމުގައިވާނަމައެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
(މިސްކީނަކަށް ކާން ދިނުމުގެ ގޮތުން ރުފިޔާ ދޭނަމަ 50 ރުފިޔާވަރު އެއީ އެކަށީގެންވާ ރަނގަޅު ޢަދަދެކެވެ.)