ތިމާއަށްޓަކައިވެސް އަދި މައިންބަފައިންނަށްޓަކާވެސް ކުރަން އެންމެ ފައިދާހުރި ޞަދަޤާތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ތިމާއަށްޓަކައިވެސް އަދި މައިންބަފައިންނަށްޓަކާވެސް ކުރަން އެންމެ ފައިދާހުރި ޞަދަޤާތް-

ޞަދަޤާތްކުރަން އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ކިޔުންތެރިން ކުރައްވާ ސުވާލަށް ޖަވާބެއްގެ ގޮތުން މިގެނެސްދެނީ ޖަވާބުލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ  

އެންމެންގެ އަތަކު ހުރިހާ ކަމަކަށް ޞަދަޤާތްކުރާނެ ފައިސާއެއް ނުހުންނާނެއެވެ. އަދި މާބޮޑެތި ޢަދަދުތަކުން ޞަދަޤާތްކުރެވެން ނެތް މީހުންވެސް ވަރަށް ގިނަވާނެއެވެ. ވީމާ އަތުގައި މިންވަރުން އެންމެ ފައިދާހުރި ގޮތުގައި ހޭދަކުރަން ސަމާލުކަންދޭންޖެހޭނެއެވެ.  

އެންމެ ފައިދާހުރި ޞަދަޤާތަކީ އެ ޞަދަޤާތެއްގެ ޘަވާބު ދެމިގެންދާނެ ގޮތަށް ކުރެވޭ ޞަދަޤާތެވެ. އެއީ އެކަމަކުން މީސްތަކުންނަށް ފައިދާ ލިބިލިބި ހުންނަ ގޮތަށް، އެފަދަ ކަންކަމަށް ކުރެވޭ ޞަދަޤާތެވެ.  

މިސާލަކަށް އިސްލާމް ދީނުގެ ކަންކަން ފަތުރަން މަސައްކަތްކުރާ ޖަމިއްޔާއަކުން ކުރާ އެފަދަ މަސައްކަތަކަށް ހޭދަކޮށްފިނަމަ އެކަންވާނީ ދެމިގެންދާނެ ޞަދަޤާތަކަށެވެ. އެމަސައްކަތުން ކަންކަން އޮޅުންފިލާ މީހުންނަށް އެކަމުގެ ފައިދާ އަބަދުވެސް ކުރަމުންދާނެތީއެވެ.  

އެފަދަ މަސައްކަތް ކުރެވޭނީވެސް މީސްތަކުންގެ އެހީތެރިކަމާއިއެކުގައެވެ. ވީމާ މައިންބަފައިންނަށްޓަކައިވެސް ފުދުންތެރިކަން ހުރިނަމަ އެފަދަ ކަންކަމަށް ޞަދަޤާތް ކުރާށެވެ.  

މައިންބަފައިންގެ ނަމުގައި ޞަދަޤާތްކުރާއިރު އެކަން ޞަދަޤާތްލިބޭ މީހާއަށް ނުވަތަ ލިބޭ ފަރާތަށް އަންގާކަށް ނުޖެހެއެވެ. އެކަން ހިތުގަ ބާއްވާށެވެ! ﷲ ތަޢާލާ އެކަން ދެނެވޮޑިގެންވެއެވެ.

 

- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން