އެގޭގައި ދިރިއުޅެނީ ދެމަފިރިންނާއި ފިރިމީހާގެ އަންހެން ކޮއްކޮއެވެ. އަނބިމީހާ ރުޅިއަންނައިރަށް ކޮއްކޮއަށް އަތް އިސްކުރެއެވެ. އެއްދުވަހަކު އެއްޗެތިގޮވަންފެށީމާ "އަހުރެންނާ ޒުވާބުކުރަނީހޭ؟" ބުނެ މޫނުމަތީގައި ޖެހުނު ގޮތަކުން ހޭނެތިގެން ވެއްޓުނެވެ.
ގޯހެއް ހެދިއްޖެކަން އެނގުމުން އަނބިމީހާ ފިލަވަޤުތު ގެއަށް ވަދުވުނީ އަވަށްޓެރި އަންހެނަކަށެވެ. އޭނާއަށް އެކުއްޖާ ވެއްޓިފައި އޮއްވައި ފެނުމުން ގޮސް ކައިރީގައި އިށީނދެ "ތަޅުންގަނޑުގަ ތިއައޮތީ ކީއްވެފައިތޯ؟" ސުވާލުކޮށް ތެދުވާށޭ ބުނަމުން ގައިގައި އަތްޖައްސައިލި ވަޤުތު އަނބިމީހާ ނުކުމެ ބުނީ އެކުއްޖާ މަރައިލީ އަވަށްޓެރިޔާ ކަމަށެވެ. އެހެންބުނެ ބާރަށް ފރިމީހާއަށް ގޮވަން ފެށުމުން ފިރިމީހާ އައިސް ޤަބޫލުކުރީ އަނބިމީހާގެ ވާހަކައެވެ. ސަބަބަކަށް ދެއްކީ ރޭގަނޑުގެ އެވަޤުތު އޭނާ އެގެއަށް ވަންކަމެވެ.
އަނބިމީހާ ރޮމުން ބުނަން ފެށިއެވެ. "ކޮއްކޯއެވެ! ތެދުވާށެވެ! އަހުރެމެން ތިބާދެކެ ވަރަށް ބޮޑަށް ލޯބިވަމެވެ. ކޮއްކޮއާއި ނުލައި އަހުރެމެންނަކަށް ނުއުޅެވޭނެއެވެ."
ފިރިމީހާ ފުލުހުން ގެނުވިއެވެ. ފުލުހުން ބެލިއިރު ޓީވީ ކެމެރާ ހަރުކޮށްފައި ހުރިކަން އެނގުމުން ވަޤުތުން ފުޓޭޖްބެލުމުން ކަންކަން ހިނގައިދިއަ ގޮތް އެނގުނެވެ. ފިރިމީހާ އެންމެ ދެރަވީ އެތައް ދުވަހެއްގެ މަތިން ކޮއްކޮއަށް މިފަދަ އަނިޔާތައްކުރިއިރުވެސް އެކަމަށް ސަމާލުކަން ނުދެވި އޮތީމައެވެ. ކެމެރާގެ ފުޓޭޖް ބަލައިނުލެވުނީތީއެވެ.
މިއީ އަހުރެން ބެލި ވީޑިއޯއެއްގައި ކަންތައްވީ ގޮތެވެ. ވިސްނައިލާށެވެ. ކެމެރާ ހަރުކުރުމަކުން ނުފުދެއެވެ. ރެކޯޑިންގ ބަލަން އެބަޖެހެއެވެ. ފަހަރެއްގައި ފަހަރި ޖެހީ މަރާލަން ނޫންކަމަށްވެދާނެއެވެ. ނަމަވެސް އެގޮތަށް އަތްއިސްކުރާނަމަ މިފަދަ ދެރަގޮތްތައްވެސް މެދުވެރިވެއެވެ. ވީމާ ރުޅިއަންނައިރަށް އަތްއިސްކުރުން ހުއްޓާލަން އެބަޖެހެއެވެ. އަންހެނުންވެސް އަދި ފިރިހެނުންވެސްމެއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް