1 ކިޔުންތެރިއަކަށް ކުޑަ މުސައްލައަކާ ހަދިޔާއެއްގެ އިތުރަށް 5 ފުޅި ހުވަނދުލިބޭ މިއަދުގެ ސުވާލު: ހަތާވީސް ވިލޭރެއަށްފަހު ރޭއަޅުކަން ނިންމާލަން ހެޔޮވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
1 ކިޔުންތެރިއަކަށް ކުޑަ މުސައްލައަކާ ހަދިޔާއެއްގެ އިތުރަށް 5 ފުޅި ހުވަނދުލިބޭ މިއަދުގެ ސުވާލު: ހަތާވީސް ވިލޭރެއަށްފަހު ރޭއަޅުކަން ނިންމާލަން ހެޔޮވާނެތަ؟

ހަތާވީސް ވިލޭރެއަށްފަހު ރޭއަޅުކަން ނިންމާލަން ހެޔޮވާނެތަ؟ 

އެހީއެއް:  

ހަތާވީސްވިލޭރެއަކީ ލައިލަތުލްޤަދްރިވިލޭރޭކަން ޔަޤީންކުރެވޭނެ ހަމައެއްވެސް ގޮތެއް ނެތެވެ. ޙަދީޘްފުޅުތަކުގައި އޮތީ ރަސޫލް ޞައްލަﷲ ޢަލައޮހިވަސައްލަމަ ރަމަޟާން މަހުގެ ފަހުދިހައިގައި އެެހން ހުރިހާ ދުވަސްތަކަށްވުރެ ގަދައަށް އަޅުކަމަށް މަސައްކަތްޕުޅުކުރެއްވެވި ކަމަށެވެ. އަދި ޙަދީޘްފުޅުތަކުން އެނގެން އޮތީ ފަހުދިހައިގެ އޮނަހިރިރޭތަކުގައި ގަދައަޅައި މަސައްކަތްކުރުމަށެވެ.  

ބައެއް ޢިލްމްވެރިން ވިދާޅުވާ ގޮތުގައި ލައިލަތުލްޤަދްރިވިލޭރެއަކީ ކަލަންޑަރުން ހުރިހާ އަހަރަކު އެއްރެއަކަށް ނުވުމަކީވެސް ގާތުގައި އޮތްކަމެކެވެ. މާނައަކީ އެއީ ބަދަލުވަމުންދާ ރެއަކަށްވެސް ވެދާނެކަމެވެ.  

ވިސްނަންވީ މިގޮތަށެވެ. ތަޤްވާވެރިންގެ ސިފައަކަށްވާންޖެހޭނީ ތަޤްވާވެރިކަމުގައި ދެމހުރުމެވެ. ވީމާ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާމީހާ އަޅުކަންކުރުމުގައި މަންނެތްވުމަކީ ﷲ ތަޢާލާ އާއި ކުއްތަންވުމަށް ހުރަސް އެޅޭނެ ކަމަކަށްވުން ވަރަށް ގާތެވެ.  

ވީމާ 27 ވިލޭރޭފަދައިން 29 ވިލޭރޭވެސް ހިތްވަރުކުރާށެވެ! އެއީ މިރަމަޟާންމަހުން އަހުރެމެންނާއި ބައްދަލުވާނެ އެންމެ ފަހު އޮނަހިރިރެއެވެ. 

ކޮންމެ ދުވަހަކުވެސް އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އިނާމުލިބުމަށް ހޮވޭ ކިޔުންތެރިއަކަށް ފޭސްބުކް މެސެންޖަރުން މެސެޖެއް ލިބިލައްވާނެއެވެ. މެސެޖް ލިބިލެއްވުމުން 7788020 އަށް ގުޅާލަދެއްވާށެވެ. ނޫނީ 7788020 އަށް ވަޓްސްއަޕުން މެސެޖެއް ކޮށްލަދެއްވާށެވެ.

މިއަދު އޮންލައިން