ބަރަހަނާ މަންޒަރުބަލަން ދެވިހިފާފައި ހުރި ޒުވާނަކު މަރުވިއިރު އަތުގަ އޮތް ޓިވީ ރިމޯޓް މުށުން ވަކިނުކުރެވިގެން ރިމޯޓާއެކު ވަޅުލަންޖެހުނު ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ބަރަހަނާ މަންޒަރުބަލަން ދެވިހިފާފައި ހުރި ޒުވާނަކު މަރުވިއިރު އަތުގަ އޮތް ޓިވީ ރިމޯޓް މުށުން ވަކިނުކުރެވިގެން ރިމޯޓާއެކު ވަޅުލަންޖެހުނު ޙާދިސާއެއްގެ ވާހަކަ-

މީސްތަކުންގެ ތެރެއިން ގިނަ ބައަކު މިއަދު މިވަނީ ނުބައި ޢަމަލުތައް ކުރަން ދެވިހިފައިފައެވެ. އެކަމުން ލިބޭނެ ގެއްލުމާއިމެދު ވިސްނައެއް ނުލައެވެ. ތިމާގެ އާޚިރަތް ގެއްލިގެން ހިނގައިދާނެ ކަމާއިމެދުވެސް ވިސްނައެއް ނުލައެވެ.

އަހުރެންނަށް ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި ފާޙީޝް ޢަމަލުތައް ކުރާތަން ނުވަތަ މަންޒަރު ބަލަން ދެވިހިފާށފައި ހުރި ޒުވާނަކު މަރުވީ ޓީވީން އެފަދަ މަންޒަރުތައް ބަލަން އޮއްވައެވެ. އެކޮޓަރިން އާދައާ ޚިލާފް ބިރުވެރި އަޑުތަކެއް އިވޭތީ މަންމަ އާއި ބައްޕަ އައިސް ދޮރުގައި ތަޅާތަޅައިވެސް ދޮރުނުހުޅުވުމުން ދޮރުހަވާލުކޮށްލައިގެން ވަންއިރު ދަރިފުޅު އޮތީ މަރުވެފައެވެ. އެއިރުވެސް ޓީވީން އެމަންޒަރުތައް ފެނެއެވެ. ރިމޯޓް އޮތީ އޭނާގެ އަތުގައެވެ. ޓީވީ ނިއްވާލަން ރިމޯޓް އަތުން ނަގަން އުޅެއުޅެ މުށްހުޅުވައެއް ނުލެވުނެވެ. ޓީވީ ނިއްވާލަން ޖެހުނީ ކަރަންޓް ކަނޑާލައިގެންނެވެ. ދަރިފުޅު ހިނަވަން ގެނައި މީހުންނަށްވެސް އޭނާގެ މުށް ހުޅުވައެއް ނުލެވުނެވެ. އެހެންވެ ހިނަވައި ކަފުންކޮށް ވަޅުލަންޖެހުނީ ރިމޯޓާއިއެކުގައެވެ.  

މިފަދަ ކިތަންމެ ޙާދިށާތަކެއް ހިނގާފައި އެބަހުއްޓެވެ. ނިކަން ވިސްނައިލަބަލާށެވެ! ޤިޔާމަތްވުމުން ކޮންމެ މީހަކަށްވެސް ކައްވަޅުން ތެދުވަންޖެހޭނީ އެމީހަކު އެންމެ ފަހުން ކުރި ޢަމަލެއްގެ މަތީގައެވެ. މަޙްޝަރުކުރައްވަވާނީ އެޙާލަތުގައެވެ. މިޒުވާނާ ފަދައިން ނުބައި ޢަމަލެއް ކުރުންމަތީގައި މަރުވެއްޖެނަމަ އެމީހެއްގެ ޙާލަކީ ކޮބައިހެއްޔެވެ؟  

މިފަދަ ޙާދިސާތައް ދައްކަވާނީ ވަރަށް މަދުންނެވެ. އަހުރެމެންނަށް އޮތީ ފެންނަ މަދުޙާދިސާތަކުންވެސް ޢިބްރަތް ޙާޞިލުކުރުމެވެ. އެއްވެސް ފާފައެއް ނުކުރަން މަސައްކަތްކުރުމެވެ. ޚާއްޞަކޮށް ފާފައެއް ކުރަން ދެވިހިފުމުގެ ފުރުޞަތު ނުދިނުމެވެ. އެފާފައެއް ކުރުންމަތީގައި ފުރާނަ ގެންދަވައިފިނަމަ ކުރިމަތިވާނެކަން އެނގެން އޮތް ކުރިން އަހުރެން މިބުނި ޙާލަތަށް ބިރުވެތިވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން