ދަރިފުޅަށް 2 އަހަރު ފުރެންދެން މުވައްޒަފުންނަށް ވަގުތު ދިނުމަށް ގެނެވުނު އިޞްލާޙަށް މެޑަމް ސާޖިދާ މަރުޙަބާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދަރިފުޅަށް 2 އަހަރު ފުރެންދެން މުވައްޒަފުންނަށް ވަގުތު ދިނުމަށް ގެނެވުނު އިޞްލާޙަށް މެޑަމް ސާޖިދާ މަރުޙަބާ ވިދާޅުވެއްޖެ

ދަރިފުޅަށް 2 އަހަރު ފުރެންދެން މުވައްޒަފުންނަށް ދަރިފުޅު ބެލެހެއްޓުމަށްޓަކައި ވަގުތު ދިނުމަށް (ޗައިލްޑްކެއާ ޓައިމް-އޮފް) ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު ހޫނު މަރުޙަބާއެއް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން މިކަމަށް މަރުޙަބާ ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެކަމަނާ ވިދާޅުވި ގޮތުގައި، މިއީ ވަޒީފާ އަދާކުރާ މައިންނަށް އެކަނބަލުންގެ ވަޒީފާގެ ޒިންމާތަކާއި އާއިލީ ޒިންމާތައް އެއްހަމައެއްގައި ހިފެހެއްޓުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ.

މެޑަމް ސާޖިދާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ނިންމުމުގެ ސަބަބުން މައިންގެ ދުޅަހެޔޮކަމަށް މަގުފަހިވެ، ތަރުތީބުން ގާތުން ކިރުދިނުން ކުރިއަށް ގެންދިއުމަށް ފުރުސަތު ލިބިގެންދާނެއެވެ. އަދި މިއީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކާނާގެ މިންގަނޑުތަކަށް ވާޞިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައިވެސް އެކަމަނާ ވަނީ ސިފަކުރައްވާފައެވެ.

މި އިޞްލާޙަކީ މަސައްކަތުގެ މާޙައުލުގައި އުޅޭ މައިންނަށް ދިމާވާ ގޮންޖެހުންތަކަށް ލުޔެއް ހޯދައިދީ، ކުޑަކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ އަޅާލުމާއި އޯގާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ބަދަލާއެކު، ވަޒީފާ އަދާކުރަމުންވެސް ދަރިންނަށް ބޭނުންވާ ފުރިހަމަ އަޅާލުން ދިނުމަށް މައިންނަށް މަގުފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން