އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 7 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި އެހީތެރިކަން ފޯރުކޮށްދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 7 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި އެހީތެރިކަން ފޯރުކޮށްދީފި

ހުޅުމާލޭގެ ގެއެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާއަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މި ހާދިސާގައި ގެއްލުންވި ގޭގައި ދިރިއުޅެމުންދިޔަ ހަތް މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި، ކެއިންބުއިމުގެ އިތުރުން އަންނައުނު މިހާރު ވަނީ ހަމަޖައްސައިދީފައެވެ.

އެންޑީއެމްއޭއިން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ލޮޓް ނަންބަރު 11395 ގައެވެ. އަލިފާނުގެ ސަބަބުން އެ ގޭގެ އެއް ކޮޓަރި އެއްކޮށް އަނދައި ބޭނުންނުކުރެވޭ ވަރަށް ވަނީ ގެއްލުން ވެފައެވެ. މި ހާދިސާގައި ހާލުގައި ޖެހުނު ހަތް މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭކަމަށް އެ އޮތޯރިޓީން ފާހަގަކުރެއްވިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުންދާ ކަމަށެވެ. އެގޮތުން، ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން އެ އާއިލާއަށް ބޭނުންވާ ޒަރޫރީ ކަންކަން ފުރިހަމަކުރުމަށްޓަކައި ފައިސާގެ އެހީތެރިކަންވެސް މިހާރު ވަނީ ފޯރުކޮށްދީފައެވެ.


މިއަދު އޮންލައިން