ހިމަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ޞިއްޙީ ވަޒީރު ފަށްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހިމަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ޞިއްޙީ ވަޒީރު ފަށްޓަވައިދެއްވައިފި

އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ މިކަމަށްޓަކައި މިއަދު އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް އެވެ.

ހިމަންދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރުގެ އިތުރުން، ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި، ހިމަންދޫ ކައުންސިލްގެ މެންބަރުންނާއި، އެ ރަށު ޞިއްޙީ މަރުކަޒުގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ހޯދުމުގައި ލުއިފަސޭހަކަން ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ލެބޯޓަރީގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު، ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވަނީ ހިމަންދޫ ޞިއްޙީ މަރުކަޒުގެ ސީނިއަރ މެނޭޖްމަންޓް ޓީމާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މަރުކަޒުގެ މުވައްޒަފުންނަށް ހުރި ކަންބޮޑުވުންތަކާއި، ޚިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ވަޒީރު އޮޅުންފިލުއްވިއެވެ.

މީގެއިތުރުން، ޞިއްޙީ މަރުކަޒަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލު ހޯދައިދިނުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވަޒީރު ވަނީ މަރުކަޒުގެ އިސްވެރިންނާ މަޝްވަރާ ކުރައްވާފައެވެ.

މި ލެބޯޓަރީގެ ޚިދުމަތާއެކު، އާންމުކޮށް ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް ރަށުން ބޭރަށް ދާންޖެހޭ ދިއުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން