ފިޠުރު ޢީދު ދުވަހަކީ މި މަހުގެ 20 ވާ ހުކުރު ދުވަސް ކަމުގައި ކަނޑައަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ފިޠުރު ޢީދު ދުވަހަކީ މި މަހުގެ 20 ވާ ހުކުރު ދުވަސް ކަމުގައި ކަނޑައަޅައިފި

ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހަކީ މި ހިނގާ މާރިޗު މަހުގެ 20 ވާ ހުކުރު ދުވަސް ކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަނޑައަޅުއްވައިފިއެވެ.

މިއަހަރުގެ ފިޠުރު ޢީދު ދުވަސް އިޢުލާންކުރެއްވީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށްފަހު، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނެރުއްވި ހަނދާ ބެހޭ ބަޔާނުގައެވެ. އެ ބަޔާނުގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ އެއްވެސް ރަށަކަށް ޝައްވާލުމަހުގެ ހަނދު ފެނިފައި ނުވާ ކަމަށާއި، އަދި އިސްލާމީ އެހެން ޤައުމުތަކަށްވެސް ހަނދު ފެނިފައި ނުވާ ކަމަށެވެ.

އެހެންކަމުން، މާރިޗު 20 ވާ ހުކުރު ދުވަހަކީ 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސްކަމަށާއި، އެ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސް ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.

ހަނދު ބެލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެހެން އަހަރުތަކުގައިވެސް ޢަމަލުކުރަމުންދާ އުސޫލުގެ ތެރެއިންނެވެ.

މިއަދު އޮންލައިން