އީދު ނަމާދުކުރާ ސަރަހައްދު ތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުގެންނަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އީދު ނަމާދުކުރާ ސަރަހައްދު ތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުގެންނަށް ނިންމައިފި

1447 ވަނަ އަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނިންމައިފިއެވެ. މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ މާލޭގެ އިސްލާމީ މަރުކަޒާއި، ސަލްމާން މިސްކިތް އަދި މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަހައްދުތަކަށެވެ.

މިކަމާ ގުޅިގެން ފުލުހުން އާންމުކޮށްފައިވާ ޗާޓުގައިވާ ގޮތުން، ޕާކުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހުރި އުޅަނދުތައް ނެގުމަށް ވަނީ އަންގާފައެވެ. އެގޮތުން 2026 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އެ ސަރަހައްދުތަކުން އުޅަނދުތައް ނެންގެވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީޑިއާ

ފުލުހުން ބުނެފައިވަނީ މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު ދަންނަވާ ކަމަށެވެ. އަދި މި އިންތިޒާމުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މި ބަދަލުތަކަކީ އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ވަޑައިގަންނަވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ގެނެވޭ ބަދަލުތަކެކެވެ. އީދު ނަމާދަށްފަހު ޓްރެފިކް ފްލޯ އާންމު ހާލަތަކަށް ރުޖޫއަވާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން