ފިޠުރު ޒަކާތުގެ ގޮތުގައި 15 މިލިޔަން ރުފިޔާ ވަނީ ލިބިފަ: ޒަކާތު ހައުސް

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ފިޠުރު ޒަކާތުގެ ގޮތުގައި 15 މިލިޔަން ރުފިޔާ ވަނީ ލިބިފަ: ޒަކާތު ހައުސް

މިއަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި 15 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ. ޒަކާތު ހައުސްއިން ވިދާޅުވީ މިއަހަރަކީ ފާއިތުވި ތިން އަހަރާ އަޅާބަލާއިރު އެންމެ ގިނަ އަދަދަކަށް ޒަކާތް ލިބުނު އަހަރު ކަމަށެވެ.

ޒަކާތު ހައުސްއިން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 15,009,749 ރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

މިއަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް މިހާރު ވަނީ ބަހާ ނިންމާފައެވެ. ޒަކާތު ހައުސްއިން ވިދާޅުވި ގޮތުގައި، ޒަކާތް ލިބުމަށް ޝަރުތުހަމަވާ މީހުންނަށް ފައިސާ ބެހިއިރު، ބޮލަކަށް ޖެހިފައިވަނީ 6,000 ރުފިޔާއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ދަނީ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތް ބަލައިގަތުމާއި ބެހުމުގެ ކަންކަން ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން