ރާއްޖެ އައި ބަޓިކް އެއާގެ ފްލައިޓެއް ތެރޭގައި ހަމަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 39ސ
ރާއްޖެ އައި ބަޓިކް އެއާގެ ފްލައިޓެއް ތެރޭގައި ހަމަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރުކޮށްފި

ރާއްޖެ އައި ބަޓިކް އެއާގެ ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ ރާއްޖެ އައި ބަޓިކް އެއާގެ ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން، އެ ފްލައިޓުން ދަތުރުކުރި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް، އެ މީހާގެ ވަނަވަރާއި ހަމަނުޖެހުން ހިންގަން މެދުވެރިވި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފްލައިޓްގެ ތެރޭގައި ހަމަނުޖެހުން ހިންގާ މީހުންނާމެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަކީ އޭވިއޭޝަން ސެކިއުރިޓީގެ ގަވާއިދުތަކުގެ ދަށުން ކުރާ ކަމެކެވެ.

މިއަދު އޮންލައިން