ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން 500,000 ރުފިޔާ ޣައްޒާގެ ރައްޔިތުންނަށް ހަދިޔާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން 500,000 ރުފިޔާ ޣައްޒާގެ ރައްޔިތުންނަށް ހަދިޔާކޮށްފި

މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން، ފަލަޞްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 500,000 (ފަސްލައްކަ) ރުފިޔާ ހަދިޔާކޮށްފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، ފަލަޞްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައެޅި މި ފައިސާ މިހާރު ވަނީ އިސްރާ އެސޯސިއޭޝަނާ ރޭގެ ވަގުތެއްގައި ހަވާލުކޮށްފައެވެ. މިއީ ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި އުނދަގޫ ހާލަތަށް ލުޔެއް ހޯދައިދިނުމަށްޓަކައި ދިވެހި ރައްޔިތުންގެ ފަރާތުން ފޯރުކޮށްދޭ އެހީއެކެވެ.

ޣައްޒާގެ އިތުރުން، ރާއްޖޭގައި ދަތި ހާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވެސް ޒަކާތު ފަންޑުން ވަނީ ފައިސާ ހަދިޔާކޮށްފައެވެ. އެގޮތުން، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ އިޖުތިމާޢީ ޓްރަސްޓް ފަންޑަށް 423,749 ރުފިޔާ ވަނީ ރޭ ހަވާލުކޮށްފައެވެ.

zak

ޒަކާތު ހައުސްއިން ވިދާޅުވީ، ސޯޝަލް މިނިސްޓްރީއާ ހަވާލުކުރި މި ފައިސާއަކީ މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދެވުނު އެހީއެއް ކަމަށެވެ. މިއީ ޒަކާތުގެ ބޭނުން އެންމެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއްކަން އެ އިދާރާއިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން