އދ. ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
އދ. ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފި

އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ސަގާފީ އުފެއްދުމެއް ކަމަށްވާ ތުނޑު ކުނަލެއް ބަހައްޓައިފި އެވެ. މިއީ ދިވެހިރާއްޖޭގެ އުފެއްދުމެއް އދ. ގެ މައި މަރުކަޒުގައި ދާއިމީކޮށް ބެހެއްޓި ފުރަތަމަ ފަހަރެވެ.

މި ތުނޑު ކުނަލަކީ ދިވެހިރާއްޖެއިން އދ. އަށް އެރުވި ހަނދާނީ ހަދިޔާއެކެވެ. މި ކުނާ އދ. ގެ މައި މަރުކަޒުގައި ބެހެއްޓުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އދ. ގެ މައި މަރުކަޒުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކުނާ އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރު މުހައްމަދު އެވެ. މި ރަސްމިއްޔާތުގައި އދ. ގެ އިސް ބޭފުޅުންނާއި ރާއްޖޭގެ މިޝަންގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ތުނޑު ކުނަލަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެ އދ. ގެ މެންބަރަކަށް ވީތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ތައްޔާރުކުރި ކުނަލެކެވެ. މީގެ މައިގަނޑު މަގްސަދަކީ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ފަންނުވެރިކަމާއި ސަގާފަތް ދައްކާލުމެވެ.

މި ހާއްސަ ތުނޑު ކުނާ ފަރުމާކޮށް ވިޔެފައިވަނީ ތުނޑު ކުނާ ވިޔުމުގެ މަސައްކަތަށް ރާއްޖޭގައި އެންމެ މަޝްހޫރު ގދ. ގައްދޫގެ ފަންނުވެރިއެކެވެ. މިއީ ދިވެހި މަސައްކަތްތެރިކަމުގެ ފުރިހަމަކަން ދޭހަކޮށްދޭ ނަލަ އުފެއްދުމެކެވެ.

މިއަދު އޮންލައިން