އޭދަފުށީގައި ފިއުލް ސްޓޭޝަން ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
އޭދަފުށީގައި ފިއުލް ސްޓޭޝަން ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފި

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަ ކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ބ. އޭދަފުށީގައި ފިއުލް ސްޓޭޝަނެއް ޤާއިމްކޮށް އެތަނުން ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ އަތޮޅުތެރޭގައި ތެޔޮ ލިބުމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު، މަސްވެރިންގެ ފަރާތުން އެންމެ ބޮޑަށް ހުށަހެޅި އެއް ޝަކުވާއަކީ އަތޮޅުތެރެއިން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމެވެ. މިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ ފިއުލް ސްޓޭޝަންތަކެއް ޤާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 18 ފިއުލް ސްޓޭޝަނެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް އޭދަފުށީގެ އިތުރުން ރ. ދުވާފަރު، ހދ. ހަނިމާދޫ، އަދި ހއ. އިހަވަންދޫގައި ފިއުލް ސްޓޭޝަންތައް ނިންމައި ޚިދުމަތް ދޭން ވަނީ ފަށާފައެވެ. މީގެ އިތުރުން ށ. މިލަންދޫގައި ޤާއިމްކުރާ ފިއުލް ސްޓޭޝަންގެ މަސައްކަތް ވެސް މިހާރު ވަނީ މުޅިން ނިމިފައެވެ. މިހާރު ކުރިއަށްދަނީ ފ. ނިލަންދޫގައި ޤާއިމްކުރާ ފިއުލް ސްޓޭޝަންގެ މަސައްކަތެވެ.

މި ސްޓޭޝަންތަކުގެ ސަބަބުން މަސްވެރިންނަށާއި އާންމު ދަތުރުފަތުރު ކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން