މާލޭގެ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފޭސް 1 ގެ ދަށުން ހިމެނޭ ބާކީ ހަތަރު ސެގްމަންޓްގެ ޢަމަލީ މަސައްކަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ.
މަގު ހެދުމުގެ މަސައްކަތް ފެށުމާ ގުޅިގެން، މިރޭ 12:00 އިން ފެށިގެން އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ފުލުހުން ވަނީ ނިންމާފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި، މަޝްރޫޢުގެ ސެގްމެންޓް 2 އިން ފެށިގެން 5 އާ ހަމައަށްވާ ސަރަޙައްދު އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެއެވެ.
މީގެ އިތުރުން، މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ވެސް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ. މިއީ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ފެރީގެ ޚިދުމަތްތަކަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެގޮތުން، ހޯމަ ދުވަހުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލުން ލަފާފުރާ އަތޮޅު ފެރީތައް، މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލެ ފެރީ ޓާމިނަލަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
މާލޭގެ އުތުރު ފަރާތުގެ މަގުތައް ތަރައްޤީކުރުމުގެ މި މަޝްރޫޢަކީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.