ސަރުކާރުގެ ޓެކްސީލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް މާދަމާ ވޯކް-އިން-އިންޓަރވިއުއެއް ކުރިއަށްގެންދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ސަރުކާރުގެ ޓެކްސީލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް މާދަމާ ވޯކް-އިން-އިންޓަރވިއުއެއް ކުރިއަށްގެންދަނީ

ސަރުކާރުގެ ޓެކްސީލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށްޓަކައި މާދަމާ ވޯކް-އިން-އިންޓަރވިއުއެއް ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ. މި ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން ވަނީ މީގެ ކުރިން މިދިޔަ ޖަނަވަރީ މަހުވެސް ވޯކް-އިން-އިންޓަރވިއުއެއް ބާއްވާފައެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޑްރައިވަރުން ނެގުމަށް ބާއްވާ މި އިންޓަވިއު ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ. މި އިންޓަވިއުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާފަންނު ބަސް ޓާމިނަލްގައެވެ.

ސަރުކާރުގެ ޓެކްސީލައިންގެ ޚިދުމަތް ފެށުމަށްޓަކައި ޖުމްލަ 407 ޑްރައިވަރުން ބޭނުންވާ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ފުލްޓައިމްކޮށް މަސައްކަތް ކުރާނެ 285 ޑްރައިވަރުންނާއި، ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ 122 ޑްރައިވަރުންނެވެ.

ސަރުކާރުން އަލަށް ތައާރަފުކުރާ މި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށްޓަކައި މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މި ޚިދުމަތަކީ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މިއަދު އޮންލައިން