ހަކަތަ ބޭނުންކުރާ މިންވަރު ދަށްކުރަން އައިއީއޭއިން ގޮވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ހަކަތަ ބޭނުންކުރާ މިންވަރު ދަށްކުރަން އައިއީއޭއިން ގޮވާލައިފި

އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ތެލާއި ގޭހުގެ ތާށިކަމާ ގުޅިގެން، ހަކަތަ ބޭނުންކުރާ މިންވަރު ދަށްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ހަކަތައާބެހޭ އިދާރާ، އިންޓަނޭޝަނަލް އެނަރޖީ އޭޖެންސީ (އައިއީއޭ) އިން ސަރުކާރުތަކަށް ގޮވާލައިފިއެވެ.

މި ތާށިކަން ކުރިމަތިވެފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ނިރުބަވެރި އުދުވާނާ ގުޅިގެންނެވެ. މީގެ ރައްދުގައި އީރާނުން ވަނީ ތެލުގެ ސަޕްލައި ތާށިކުރުމަށްޓަކައި ހުރުމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ގަލްފު ސަރަޙައްދާއި އިންޑިޔާ ކަނޑާ ގުޅުވައިދޭ ހުރުމުޒް ކަނޑުއޮޅިއަކީ ދުނިޔެއަށް ބޭނުންވާ ތެލުގެ 20 އިންސައްތަ އުފުލާ އެންމެ މައި މަގެވެ.

އައިއީއޭއިން ހާމަކުރި ގޮތުގައި، މިއީ ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ތެލުގެ ސަޕްލައިގެ ތާށިކަމެވެ. މި ހާލަތާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 100 އެމެރިކާ ޑޮލަރަށް އުފުލިފައެވެ.

މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށްޓަކައި، ތެލަށް އޮންނަ ޑިމާންޑު ކުޑަކުރުމަށް ސަރުކާރުތަކުން ވަގުތުން ފިޔަވަޅު އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އައިއީއޭއިން ވަނީ ބާރުއަޅާފައެވެ.

މިއަދު އޮންލައިން