އެއްޗެއްސަށް ދަހިވެތިވާ ކޮންމެ މީހަކަށް އަގުހުރި ފިލާވަޅެއް!: ފިރިމީހާއަށް ހޯދައިނުދެވި އޮތް ހާރެއްގެ ދަހިވެތިކަމުގަ އުފާވެރި ދިރިއުޅުން ނަގައިލި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
އެއްޗެއްސަށް ދަހިވެތިވާ ކޮންމެ މީހަކަށް އަގުހުރި ފިލާވަޅެއް!: ފިރިމީހާއަށް ހޯދައިނުދެވި އޮތް ހާރެއްގެ ދަހިވެތިކަމުގަ އުފާވެރި ދިރިއުޅުން ނަގައިލި އަންހެނެއްގެ ވާހަކަ-

އެއީ ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅެމުން އައި ޒުވާން ދެމަފިރިންނެވެ. ހަމައެކަނި ޖެހޭ މައްސަލައަކީ އަނބިމީހާ ބޭނުންވާ އަގުބޮޑު އެއްޗެތި ހޯދައި ނުދެވޭކަމެވެ.  

އެއް ދުވަހަކު އަނބިމީހާ ބުނީ ފިރިމީހާގެ ގާތުގައި އެދުމުން އޭނާއަށް ހޯދައި ނުދެވި އޮތް އަގުބޮޑު ހާރެއް ކުރީގެ ލޯބިވެރިޔާ ގަނެފައި އެބައޮތްކަމަށާއި މިދަނީ ހާރު ބަލައި ކަމަށެވެ. ފިރިމީހާއެކަން މަނާކުރިއެވެ. ނަމަވެސް ތިމަންނަ މިދަނީ ފާފައެއް ކުރަން ނޫންކަމަށާއި ބޭނުންވެގެން ހުރި އެއްޗެއް ލިބޭނެގޮތްވުމުން ބަލައިކަމަށް ބުނެފައި ނުކުމެގެން ދިއައީއެވެ.  

އިރުކޮޅެއް ފަހުން އެނބުރި ގެއަށް އައިސް ފެށީ ދެރަވެ ރޯށެވެ. ފިރިމީހާގެ ގާތުން މާފަށް އެދެމުން ބުންޏެވެ. "އޭނާ ހާރު އަހުރެންގެ އަތަށް ދިނެވެ. ދެން ބޭނުންވީ އޭނާއާއިއެކު ކޮޓަރިއަށް ވަންނާށެވެ! އަހުރެން އެކަމަށް ދެކޮޅުހެދުމުން ހާރުއަތުލާފައި ފޮނުވައިލީއެވެ. އަހުރެންނަށް މާފުކުރާށެވެ! ދެން ދުވަހަކުވެސް ތިބާ ނުރުހޭނެ ކަމެއް ނުކުރާނަމެވެ."

ފިރިމީހާ ބުންޏެވެ! "އެންމެ ފަހު ފުރުޞަތަކަށް އެއް ފުރުޞަތުދޭނަމެވެ. އެކަމަކު ތަކުރާރުކޮށްފައި ކިތަންމެ ބާރަށް ރުޔަސް އަހުރެންނަށް އަސަރުކުރާނެ ކަމަށް ހީވެސްނުކުރާށެވެ! މިއަދު ތިއަ ނަގައިލީ އަހުރެން ތިބާއަށް ކުރަމުން އައި އިތުބާރެވެ! އެއީ އަހުރެން ނުކުރަން ބުނާ ކަމެއް ނުކުރާނެ ކަމުގެ އިތުބާރެވެ! އިތުރަށް ވިސްނާށެވެ! ހިލޭ ފިރިހެނަކު އޭނާގެ އަމިއްލަ އެދުމެއް ނެތި އެއްވެސް ހިލޭ އަންހެނަކަށް އަގުބޮޑު ހަދިޔާއެއް ނުދޭނެއެވެ."  

ފިރިމިހާ އެހެން ބުނުމުން ވީއުފަލުން އަނބިމީހާ ބުނީ ކޮފީހަދައިގެން އެބަ އަންނަން ކަމަށެވެ. ކޮފީހަދައިގެން އައިއިރު ފިރިމިހާއެއް ނެތެވެ. އިންތިޒާރުކޮށްގެން އިންދައި ފިރިމިހާ އައީ އޭނާގެ ފޮށި ހިފައިގެންނެވެ. އައިސް ސޯފާމަތީގައި އޮތް އަނބިމީހާގެ އަތްދަބަސް ނަގައި ހުޅުވަލާފައި އެބުނި ހާރު ނަގާދައްކައިލިއެވެ. ބުންޏެވެ. "ނުދީ އަތުލިކަމަށްބުނި ހާރު މިއޮތީއެވެ. ހާރުހޯދަން ހުށަހެޅި ޝަރުޠު ބުނީ ތިބާއެވެ. ވީމާ ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. ގެނައި ހަރާއި ފޮށި ހިފައިގެން އަވަހަށް ގެއިން ނުކުމެގެންދާށެވެ."  

އަނބިމިހާއަށް ބުނެވޭނެ އެއްޗެއް ނެތެވެ. ދައްކާ އެއްވެސް ވާހަކައެއް ފިރިމީހާ ޤަބޫލުނުކުރާނެކަން ޔަޤީންވާތީއެވެ. ގެއިން ނުކުމެގެންގޮސް ލޯބިވެރިޔާއަށް ގުޅުމުން ދިން ޖަވާބަކީ "އަހުރެން މިހުރީ ކައިވެނިކޮށްގެންނެވެ. ކުރިންސުރެ ކޮށްލަން ބޭނުންވެގެން ހުރިކަމެއް ކޮށްލީއެވެ. އެކަމަށް ތިއޮތީ އަގުދީފައެވެ. އެކަން އެހިސާބުން ނިމުނީއެވެ."  

ހެދުނު ގޯހުގެ ބޮޑުކަން އެހިސާބުން ވިސްނުނެވެ. އެކަމަކު ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ނުހަނު ލޯބިދީގެން، ވަފާތެރިކަމާއިއެކު އެކުގައި އުޅުނު ފިރިމީހާވެސް ގެއްލުނީއެވެ. ފިރިމީހާއަށް ބޭވަފާތެރިވެސް ވެވުނީއެވެ. ބޮޑު ފާފައެއްވެސް ކުރެވުނީއެވެ. އަގަކަށް މިލިބުނީ އެންމެ 200 ޑޮލަރުގެ އަގުހުރި ހާރެކެވެ.  

މިއީ އަޅުގަނޑު ބެލިވީޑިއޯއެއްގައި ކަންތައްވީގޮތެވެ. ވިސްނައިފި ކޮންމެ މީހަކަށްވެސް އަގުހުރި ފިލާވަޅަކަށްވާނެއެވެ! 

- މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން