ޢިބްރަތްތެރި ވާހަކަ: މުވައްޒިފަކަށް ހަސަދަލައި ދެރަދޭން އުޅުނީމަ ތަނަވަސް ފިރިމީހާ ގެއްލި ޢުމުރަށް ހިތާމަކުރަންޖެހުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ޢިބްރަތްތެރި ވާހަކަ: މުވައްޒިފަކަށް ހަސަދަލައި ދެރަދޭން އުޅުނީމަ ތަނަވަސް ފިރިމީހާ ގެއްލި ޢުމުރަށް ހިތާމަކުރަންޖެހުނު އަންހެނެއްގެ ވާހަކަ-

ސަފީނާއަކީ ވަރަށް ތެދުވެރި މުވައްޒިފެކެވެ.

މިދުވަސްކޮޅު އޭނާގެ މަންމަ ބަލިވެއުޅޭތީ އަތްމަތި ވަރަށް ދަތިވެގެން އުޅޭކަން ބޮސްއަށް އެނގެއެވެ. އެހެންވެ ބޮސް ބޭނުންވީ ސަފީނާއަށް ވަޒިފާގެ ރަނގަޅު ކުރިއެރުމެއް ދޭށެވެ. އެކަމަކު އެއިގެ ކުރިން ސަފީނާ އިމްތިޙާނުކޮށްލަން ބޮސް ބޭނުންވިއެވެ.  

އެހެންވެ އެހެން މުވައްޒިފަކު މެދުވެރިކޮށް ސަފީނާގެ ދަބަހަށް ފަސްހާސް ރުފިޔާ ލިއެވެ. ބޮސް ބޭނުންވީ އެފައިސާ އާއިމެދު ސަފީނާ ކަންތައްކުރާގޮތް ބެލުމަށެވެ.

ސަފީނާއަށް ފައިށާތައް ފެނުނީ ގެއަށްދިއަފަހުންނެވެ. އެއީ އޮފީސްބަންދު ގަޑިއަކަށްވާތީ ސަފީނާ ދިއައީ ބޮސްގެ ގެއަށެވެ. ގޭގައި ބޮސް ނުއުޅޭ ވާހަކަ އަނބިމީހާ ބުންޏެވެ. އަދި ހޯދަނީ ކީއްކުރަންތޯ ސުވާލުކުރުމުން ސަބަބުވެސް ކިޔައިދިނެވެ. އަނބިމީހާ އެދުނީ އެފައިސާ އޭނާއާއި ހަވާލުކުރުމަށެވެ. ފިރިމީހާ އައުމުން ރައްދުކުރާނެ ކަމަސް ވަޢުދުވުމުން ސަފީނާ އެނބުރި ދިއައީ އަނބިމީހާ އާއި ފައިސާ ހަވާލުކޮށްފައެވެ.  

އެކަމަކު އަނބިމީހާ އެފައިސާ ފިރިމީހާއާއި ޙަވާލެއް ނުކުރެއެވެ. އެއީ ސަފީނާއާއި ފިރިމީހާ އާއި ދެމެދުގައި ގުޅުމެއް އޮންނަ ކަމަށް ތުހުމަތުކޮށެވެ. ފިރިމީހާ ސަފީނާއަށް އިތުބާރުކުރާވަރު ބޮޑުކަމުންނެވެ. އިތުރު އެއްވެސް ކަމެއް ފެނިގެނެއް ނޫނެވެ. 

އަނެއް ދުވަހު ސަފީނާ އޮފީހަށް ގޮސް ބޮސް އާއި ބައްދަލުކޮށް އެފައިސާގެ ކަންތައްވީގޮތް ކިޔައިދިނުމުން ފިރިމީހާ އަނބިމީހާއަށް ފޯނުކޮށްފައި ސުވާލުކުރުމުން އަނބިމީހާ ހެދީ ދޮގެވެ. ބުނީ އިއްޔެ ސަފީނާއާއި ބައްދަލުވެސް ނުވާ ކަމަށެވެ.  

ފިރިމީހާއެއްވެސް އެއްޗެއް ނުބުނެ ސަފީނާ ގޮވައިގެން ގެއަށްގޮސް އަނބިމީހާގެ ޙާޒިރުގައި ސުވާލުކުރުމުންވެސް އަނބިމީހާ ހެދީ ދޮގެވެ. ފިރިމީހާއަށް ކުރެވުނު ޝައްކު ޔަޤީންކުރަން ގޭގެ ދޮރުމަތީ ކެމެރާގެ ފުޓޭޖް ޗެކްކޮށްލުމުން ސަފީނާ ހަވީރު ގެއަށްދިއަކަމާ ގެއަށް ވެއްދިކަން އެނގުނެވެ.  

ދެން ސަލާމަތް ނުވެވޭނެކަން ވިސްނުމުން އަނބިމީހާ ދެރަވެ މާފަށް އެދުނެވެ. ފިރިމީހާ ބުންޏެވެ. "މާފުކޮށްފީމެވެ. އަދި ތިއައުޅެނީ އެންމެ ފަސްހާސްރުފިޔާގެ ބޭނުމުގައި ނޫންކަމާއި ޙަސަދަވެރިކަން ބޮޑުވެގެންކަންވެސް އެނގެއެވެ. އެކަމަކު ތިއަބާވަތުގެ ކަންކަން ކުރާ އަންތބަކާއިއެކު އުޅޭކަށް ބޭނުމެއް ނޫނެވެ. ދެން ކުރާނީ ކޮންފަދަ ކަމެއްކަންވެސް އެނގެނީއެއް ނޫނެވެ. ވީމާ ދެން ރަނގަޅުވާނީ ގެއަށް ދިއުމެވެ." އެހެން ބުނެފައި ސަފީނާ ގޮވައިގެން އޮފީހަށް ދިއައީއެވެ.  

އަނބިމީހާ ވަރަށް ދެރަވެ މާފަށް އެދި އާދޭސްކުރީމާވެސް ފިރިމީހާގެ ނިންމުން ބަދަލުނުކުރީމަ ޖެހުނީ ރޮމުން ގެއިން ނުކުމެގެންދާށެވެ. ހަސަދައިގެ ސަބަބުންނެވެ. ލިބުނު ރަނގަޅު، ތަނަވަސް ފިރިމީހާވެސް ގެއްލިގެންދިއައީއެވެ.  

އެއަށްފަހު ހަފްތާއެއްވީ ފރެއަކީ ބޮސްއާއި ސަފީނާގެ ކައިވެނިކުރެވުނު ރެއެވެ. ބޮސް ކުރިން ސަފީނާއަށް ދޭން އުޅުނީ އޭނާ މަސައްކަތްކުރާ އެކައުންޓްސް ޑިޕާޓްމަންޓުގެ އިސްމަޤާމެކެވެ. އެކަމަކު ދޭންމިޖެހުނީ އަނބިމީހާގެ މަޤާމެވެ.

ސަފީނާ އެމަޤާމާއި ހަވާލުވީ ބޮސްދެކެ ލޯބިވެގެން ކުޅިގަނޑެއް ހިނަގިފައި އޮވެގެނެއް ނޫނެވެ. އަދި ބޮޑު ތަނަވަސްކަމަކަށް ބޭނުންވެގެންނެއްވެސް ނޫނެވެ. އޭނާއަށް ޙަސަދަވެރިވެ އެވަރުގެ ބޮޑު ދެރައެއް ދޭން އުޅުނު ކުރީގެ އަނބިމީހާގެ ކިބައިން ބަދަލުހިފުމަށެވެ.  

މިހުންނަނީ ކަންކަން ހިނގާ ގޮތެވެ. ހިތުގައި ހަސަދަވެރިކަން ބޮޑުވީމާ ލިބޭދެރައެވެ. ހަސަދަވެރިންނަށް ގިނަ ފަހަރު އޮންނާނީ މިފަދަ ދެރައެއް ލިބިފައެވެ.

 

- ސާމިޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން