އުރީދޫ މޯލްޑިވްސްގެ "ހިނގާ" ޕްރޮމޯޝަންގެ ދެވަނަ ގުރުއަތުލުމަށް އެއް މަސް ދުވަހަށް ވެއްޖެއެވެ. ކަސްޓަމަރުން ކުރާ ކޮންމެ ރީޗާޖަކާއި، ބިލު ދެއްކުމަކާއި އަދި އެކްޓިވޭޝަނަކާއެކު، ކުރިއަށް އޮތް ގުރުއަތުލުމުގެ ފޯރި ދަނީ ގަދަވަމުންނެވެ.
މިއީ މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. 2026 ވަނަ އަހަރުގެ ތެރޭގައި ޖުމްލަ ހަ އޭޓީވީ (ATV) ދިނުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ޖަޒީރާވަންތަ ދިރިއުޅުމާއި ގުޅޭ މިފަދަ އުޅަނދެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ، ނ. ހޮޅުދޫ، ހަސަން ނިޝާން ހޮވުނުކަން އިއުލާން ކުރުމާއެކު، ގިނަ ބައެއްގެ މެދުގައި ފޯރި ވަނީ އިތުރުވެފައެވެ. ގުރުއަތުލުމަށް އެއް މަސް ދުވަސް ބާކީ އޮތުމުން، ދެން އޭޓީވީ ލިބޭ ނަސީބުވެރިއަކަށް ވުމަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.
ބައިވެރިވާނެ ގޮތް
މި ޕްރޮމޯޝަނުގައި ބައިވެރިވުމަކީ ފަސޭހަ ކަމެކެވެ. އުރީދޫގެ ހިދުމަތްތަކަށް މަހަކު މަދުވެގެން 400 ރުފިޔާ ހަރަދުކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ:
· ޕްރީޕެއިޑް ރީޗާޖުތައް
· ޕޯސްޓްޕެއިޑް ބިލުތައް ދެއްކުން
· ސުޕަރނެޓް (SuperNet) އަދި އެއަރފައިބަރ (AirFibre) ސަބްސްކްރިޕްޝަންތައް
· އެޑް-އޮންތަކާއި ޑޭޓާ ޕެކްތައް އެކްޓިވޭޓް ކުރުން
ކޮންމެ ޓްރާންސެކްޝަނަކާއެކު ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދެއެވެ.
މި ކެމްޕެއިނަކީ ކަސްޓަމަރުންނަށް ޝުކުރުއަދާކޮށް، އެފަރާތްތަކަށް ލިބޭ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ފެށި ކެމްޕެއިނެކެވެ. އުރީދޫގެ ހިދުމަތްތައް ބޭނުންކުރާ ކޮންމެ ވަގުތަކީ ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެ ވަގުތެކެވެ.