ސަރުކާރު ޓެކްސީ ލައިނަށް ޕާޓްޓައިމް ޑްރައިވަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ސަރުކާރު ޓެކްސީ ލައިނަށް ޕާޓްޓައިމް ޑްރައިވަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

މާލެ ސަރަހައްދުގައި ސަރުކާރުން އަލަށް ފެށުމަށް ތައްޔާރުވަމުންދާ ޓެކްސީ ލައިންގެ މަސައްކަތަށް ޕާޓްޓައިމްކޮށް ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ޚިދުމަތް ފޯރުކޮށްދިނުމާ ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވީ، މާލެ ޓެކްސީ ލައިންގެ ޚިދުމަތާ ގުޅުމަށް ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލެވިފައި ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލް https://drivers.mtcc.com.mv މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފުރިހަމައަށް ދިނުމަށްޓަކައި ޖުމްލަ 407 ޑްރައިވަރުން ބޭނުންވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. މީގެ ތެރެއިން 122 ޑްރައިވަރުން ހޯދުމަށް ހަމަޖެހިފައިވަނީ ޕާޓްޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.

މި މަސައްކަތަށް ޑްރައިވަރުން ނެގުމުގެ ކަންކަން ކުރިއަށްދަނީ 'ވޯކް-އިން' އިންޓަވިއުތައް ބާއްވައިގެންނެވެ. އެގޮތުން، އިއްޔެ ވެސް ވަނީ މިކަމަށް ޚާއްސަ އިންޓަވިއުތަކެއް ކުރިއަށް ގެންގޮސްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން ފަށްޓަވާ މި ޓެކްސީ ލައިންގެ ޚިދުމަތަކީ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ފަށާ މަޝްރޫއެކެވެ.

މިއަދު އޮންލައިން