އުމުރުން 75 އަހަރު ވަންދެން ވަޒީފާ އަދާކުރެވޭ އިސްލާހު ގެޒެޓުކޮށް އަމަލުކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އުމުރުން 75 އަހަރު ވަންދެން ވަޒީފާ އަދާކުރެވޭ އިސްލާހު ގެޒެޓުކޮށް އަމަލުކުރަން ފަށައިފި

އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން އެކުލަވައިލި އާއްމު ޤަވާއިދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، އެއަށް ޢަމަލުކުރަން މިއަދު ފަށައިފިއެވެ.

މި އިސްލާހަކީ ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، ވަޒީފާއިން މުސްކުޅިކުރުމަށްފަހުވެސް 'ރީ-އެމްޕްލޯއިމަންޓް' ނުވަތަ އަލުން ވަޒީފާ ދިނުމުގެ އުސޫލުން 75 އަހަރު ވަންދެން މަސައްކަތުގައި ދެމިތިބުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ގެނައި ބަދަލެކެވެ. މި ޤަވާއިދުގައި ވަނީ އަލުން ވަޒީފާ ދިނުމުގައި ބަލާނެ ހަމަތަކާއި، އުސޫލުތަކުގެ އިތުރުން ވަޒީފާ އަދާކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ތަފްޞީލުކޮށް ބަޔާންކޮށްފައެވެ.

މި އާ ޤަވާއިދު ތަންފީޒުކުރުމުގެ އެންމެހައި މަސްއޫލިއްޔަތުތައް ހަވާލުކުރެވިފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް (މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ) އާއެވެ.

މި މުހިންމު އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ބިލު ތަސްދީޤުކުރެއްވީ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ.

މި ބަދަލުގެ ސަބަބުން، ދައުލަތުގެ އެކި ދާއިރާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ފަރާތްތަކުގެ ހުނަރާއި މައުލޫމާތުގެ ބޭނުން ޤައުމީ ފެންވަރުގައި އިތުރަށް ހިފުމުގެ މަގު ފަހިވެގެންދާނެއެވެ. ސަރުކާރުގެ މި ނިންމުމަކީ ތަޖުރިބާކާރު މުވައްޒަފުންގެ ޚިދުމަތް މެދުނުކެނޑި ލިބޭނެ ގޮތް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން