މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ގއ. މާމެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި މަޝްރޫއަކީ އެ ރަށުގެ އުމްރާނީ ތަރައްޤީއަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ. މާމެންދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ކަމާބެހޭ މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ މުހުތާޒު މުހުސިން އާއި، ގއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝާހީންގެ އިތުރުން ކޮލަމާފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އިބްރާހީމް ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، މި މަޝްރޫއު ކުރިއަށްގެންދާ ރޯޑް ޑިވްލޮމްމަންޓު ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޞިލް އިބްރާހިމް ނަޡީމް އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ނަބީޙް އަފީފް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، މަސައްކަތް ފެށުމުގެ ރަސްމީ ހަރަކާތުގައި ބައިވެރިވެވަޑައިގަތެވެ.


މިއަދު އޮންލައިން