ވައިކަރަދޫގައި 50 ހައުސިންގ ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ވައިކަރަދޫގައި 50 ހައުސިންގ ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ވައިކަރަދޫގައި 50 ހައުސިންގ ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދު އެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔާރޑް) ޢަލީ ޒުހައިރު އެވެ.

މި މަޝްރޫޢުގެ ދަށުން ވައިކަރަދޫގައި އެޅުމަށް ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ އެޕާޓްމަންޓް ހިމެނޭ 50 ހައުސިންގ ޔުނިޓެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަސައްކަތް އެޗް.ޑީ.ސީއާ ހަވާލުކޮށްފައިވަނީ ޖުމލަ 480 ދުވަހުގެ ތެރޭގައި މަސައްކަތްތައް އެއްކޮށް ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ސަބަބުން ވައިކަރަދޫގެ ތަރައްޤީއަށާއި ރަށުގެ ބޯހިޔާވަހިކަމުގެ ހާލަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން