ރ.މާކުރަތު ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި.
ޞިއްޙީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު މުހައްމަދު މާހިރު އެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އާރިފް އެވެ.
މި މަޝްރުޢޫގެ ދަށުން ނާސް ސްޓޭޝަނާއި، 04 އެނދުގެ ވާޑެއް، ޕްރައިވެޓް ރޫމް، ޕްރޮސީޖަރ ރޫމްގެ އިތުރުން ލެބޯޓްރީ ޤާއިމުކުރެވިގެންދާނެ އެވެ.
ޖުމްލު 300 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަޝްރުޢޫގެ އަގަކީ 5.1 މިލިއަން ރުފިޔާ އެވެ.
ހަބަރު: ސަރުކާރު