ގދ. ހޯޑެއްދޫ ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި.
ޞިއްޙީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އާރުޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރ ރިފާޢީ ބުޝްރީ އެވެ.
މި މަޝްރުޢޫގެ ދަށުން ނާސް ސްޓޭޝަނަކާއި، 04 އެނދުގެ ޑް، ޕްރައިވެޓް ރޫމް، ޕްރޮސީޖަރ ރޫމްގެ އިތުރުން ލެބޯޓްރީ ޤާއިމުކުރެވިގެންދާނެ އެވެ. ހަމަމިއާއެކު، ޕަބްލިކް ހެލްތު ޔުނިޓާއި މީޓީންގ ހޯލް، ސްޓޯ ރޫމްގެ އިތުރަށް ލޯންޑްރީވެސް އިތުރުކުރެވިގެންދާނެ އެެވެ.
ޖުމްލު 365 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަޝްރުޢޫގެ އަގަކީ 8.1 މިލިއަން ރުފިޔާ އެވެ.
ހަބަރު: ސަރުކާރު