މުރައިދޫ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުއާއި ބާރަށު ރިންގްރޯޑް ތަރައްޤީ ކުރުމުގެ މަޝްރޫޢު އާރު.ޑީ.ސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
މުރައިދޫ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުއާއި ބާރަށު ރިންގްރޯޑް ތަރައްޤީ ކުރުމުގެ މަޝްރޫޢު އާރު.ޑީ.ސީއާ ހަވާލުކޮށްފި

ހއ. މުރައިދޫގެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުއާއި ހއ. ބާރަށު ރިންގްރޯޑް ތަރައްޤީ ކުރުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި މި ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދު އެވެ. އާރު.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމް އެވެ.

މި ދެ މަޝްރޫޢަކީވެސް އެ ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ކުރިއަށްގެންދާ މުހިންމު ދެ މަޝްރޫޢެވެ. މީގެ ތެރެއިން މުރައިދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގެ މައި މަގުތަކުގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބާރަށު ރިންގްރޯޑް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އެ ރަށުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރަށުގެ ވަށައިގެންވާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ އެ ދާއިރާގެ ރަށްތަކުގެ ތަރައްޤީއަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމެއްގެ ގޮތުގައި ބެލެވެއެވެ.

މި މަޝްރޫޢުތަކުގެ މަސައްކަތް އާރު.ޑީ.ސީން ފެށުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ. މި މަޝްރޫޢުތައް ނިމުމުން އެ ދެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން