ޤާސިމް އިބްރާހީމްގެ ތާއީދު މޫސާ ޢަލީޖަލީލަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ޤާސިމް އިބްރާހީމްގެ ތާއީދު މޫސާ ޢަލީޖަލީލަށް!

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޕީއެންސީން މާލެސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ މޫސާ ޢަލީ ޖަލީލަށް ތާއީދުކުރައްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ނިންމަވައިފިއެވެ.

ޤާސިމް އިބްރާހީމްގެ ބަސްފުޅު:

މާލެސިޓީގެ މޭޔަރުކަމަށް މޫސާ ޢަލީ ޖަލީލް އެންޑޯޒްކޮށް، އަޅުގަނޑު ތާއީދުކޮށްފިން . މޫސާ ޢަލީ ޖަލީލަކީ، ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ރެކޯޑްތަކެއް އޮތް، މި ޤައުމުގެ ދިފާޢުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބަޠަލެއް. މި ޤައުމުން އެމަނިކުފާނުގެ އަގު ވަޒަންކުރައްވާ، ޤައުމީ ޝަރަފް އަރުވާފައިވާ، ނިޝާން ޢަސްކަރީގެ ޢިއްޒަތުގެ ވެރިއެއް. ހަމައެކަނި 1988 ވަނަ އަހަރު ނޮވެންބަރުމަހު 3 ވަނަ ދުވަހު ދިވެހި ޤައުމަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިން ޤައުމު ސަލާމަތްކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް އެމަނިކުފާނުގެ ގަދަފަދަ ޤައުމީ ޢަޒުމު ސާބިތުކޮށްދޭ.

އެއިރުންސުރެ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ހުންނެވީ އަބަދުވެސް ޤައުމަށްޓަކައި ތައްޔާރަށް. ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އަދާކުރެއްވީ ތެދުވެރިކަމާއެކު. ފަސްބައިގާ ކިލަނބުކަމެއް ނެތް. އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތް.

ނުހަނު ޚުލްޤު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަޚްޞިއްޔަތެއް. މިހުރިހާ ހަގީގަތްތަކެއް މިހެން ހުރީތީވެ، ރާއްޖޭގެ ވެރިކަންކުރާ ސަހަރު ހިންގެވުމުގެ އެންމެ އިސް މަޤާމަށް މޫސާ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެެރި، ޚިދުމަތްތެރި، ޤާބިލް، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީން. އަޅުގަނޑު އެދެނީ، މާލެ ސިޓީ ހިންގަވަން، މުރާލި ދުރުވިސްނޭ މާލިމީއަކަށް އުންމީދު ކުރައްވައިގެން ތިޔަ ތިއްބެވި ލޮބުވެތި ރައްޔިތުން، އަދި އަޅުގަނޑުގެ އަޑުއައްސަވާ ބަސް ގަބޫލުކުރައްވާ އެންމެހާ އަޚުންނާއި އުޚްތުން، މިފަހަރުގެ އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލަށް ( ކެނޑިޑޭޓް ނަންބަރު 4 އަކަށް ) ތާއީދުކުރައްވާ ވޯޓުދެއްވުން.

މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޢަލީލް ޖަލީލް @Moosa_A_Jaleel އެންޑޯޒްކޮށް، އަޅުގަނޑު ތާއީދުކޮށްފިން.

މޫސާ ޢަލީ ޖަލީލަކީ، ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ރެކޯޑްތަކެއް އޮތް، މި ޤައުމުގެ ދިފާޢުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބަޠަލެއް. މި ޤައުމުން އެމަނިކުފާނުގެ އަގު… pic.twitter.com/isEUjWYLLQ

މިއަދު އޮންލައިން