މުހިންމީ ޖީބަށް ފައިސާ ގިނަކުރެވުން ހެއްޔެވެ؟
ނޫންނަމަ ނަރަކައިން ސަލާމަތްވެވުން ހެއްޔެވެ؟ މިއީ ބައެއް މައިންބަފައިންނަށް ވިސްނައިނުލެވޭ ކަމެކެވެ.
މީސްތަކުންނޭވެ! އަންހެން ދަރިން ނުވަތަ ދަރިއަކު ލިބުމަކީ ﷲ ތަޢާލާ މީހަކަށް ދެއްވަވާނެ އެންމެ ބޮޑު އެއް ނިޢްމަތެވެ. އެންމެ ބޮޑު އެއް ނަޞީބެވެ! އެހެނީ އެ ދަރިފުޅު ﷲ ތައާލާ އެންގެވި ގޮތުގައި ބަލަހައްޓައި، ހޭދަކޮށް، ތަރުބިޔަތުކޮށްފިނަމަ އެކަމަކީ ތިމާ އާއި ނަރަކައާއި ދެމެދުގައި ލެވޭ ފާރަކަށް (އައްޑަނައަކަށް) ވެގެން އެބަދެއެވެ. އެމީހަކު ނަރަކައިން ސަލާމަތްކޮށްދޭނެ އައްޑަނައަކަށްވެގެން ދިއުމަކީ ކޮންފަދަ ބޮޑުިނިޢުމަތެއް ހެއްޔެވެ؟
އަންހެނަކު އޭނާގެ 2 އަންހެން ދަރިން ގޮވައިގެންގޮސް ޢައިޝަތުގެފާނުގެ އަރިއަހުން ޞަދަޤާތަކަށް އެދުނެވެ. ދެއްވަން ލިބިވަޑައިގަތީ އެންމެ ކަދުރު އޮށެކެވެ. ކަދުރުއޮށް ދެއްވަވުމުން އޭނާ އެ އޮށް ދެފަޅިއަށް ފަޅާލައި 2 ދަރިންނަށް ކާން ދިނެވެ. އޭނާ އެއްވެސް މިންވަރެއް ނުކައެވެ.
އެކަމާއި ގުޅިގެން ދަރިންނާއިމެދު މިފަދައިން ޢަމަލުކުރާ މީހުންނާއި ނަރަކައާއި ދެމެދުގައި ލެވޭ ހުރަހަކަށް ނުވަތަ ނަރަކައިން ސަލާމަތްކޮށްދޭނެ ވަސީލަތަކަށް އެކުދިން ވެގެންދާނެކަން ރަސޫލް (ﷺ) ގެ މި ޙަދީޘްފުޅުން އެނގިގެންދެއެވެ.
Aishah (May Allah be pleased with her) reported:
A woman came to me with her two daughters. She asked me (for charity) but she found nothing with me except one date-fruit, so I gave it to her.
She [accepted it and then] divided it between her two daughters and ate nothing out of it. Then, she got up and went out.
When the Messenger of Allah (pbuh) came in, and I narrated to him the story, he said,
“He who is tested with these girl children, and he is benevolent towards them, they will become protection for him against Hell fire“. (Muslim)
މި ޙަދީޘްފުޅަށްވެސް ވިސްނައިލާށެވެ!
Jabir ibn Abdullah (may Allah be pleased with him) reported that the Prophet (pbuh) said:
Whoever has three daughters and he accommodates them, show mercy toward them, and supports them, Paradise is definitely guaranteed for him.
Thus, someone asked the Prophet, what if they are two daughters only
He replied, “[He gets that reward,] even if they are [only] two.“
Some of those present believed that had the Prophet been asked about only one daughter, he would have answered that the reward was applicable too. (Authenticated by Al-Albani)
އެނގިގެން މިދަނީ އެންމެ އަންހެން ދަރިއަކު ނަމަވެސް ރަނގަޅު ގޮތުގައި ބަލަހައްޓައި ތަރުބިއްޔަތުކުރުމުން ހަމަ މި މަތިވެރި ނިޢްމަތް ލިބިގެންދާނެ ކަމެވެ. ވީމާ އަންހެން ދަރިން ލިބުމުން ކުރަން އޮތްކަމަކީ އެދަރިން ޒީނަތްތެރިކޮށްގެން މަގުމައްޗަށް ނެރެ ފައިސާ ހޯދުމެއް ނޫނެވެ. ކުރަންވީ ކަމަކީ ދެއްވެވި ނިޢްމަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމެވެ.
މިފަދަ ޢިލްމީ، ހޭލުންތެރި ޒަމާނުގައި އަދިވެސް މީސްތަކުން ދިރިއުޅެމުން މިދަނީ ހަމަ ޖާހިލިއްޔަ ޒަމާނުގައެވެ. އެހެން ބުނަން މިޖެހުނީ އަންހެން ދަރިން ލިބުމުން ބައެއް ބެލެނިވެރިން މިހާރުވެސް ދެކެނީ އެއީ ގޭގެ ތިޖޫރީ ފުރާލަން ލިބުނު ރަނުގެ ފުރުޞަތެއް ކަމަށެވެ. ޤިޔާމަތް ދުވަހާއިމެދު ވިސްނައިވެސް ނުލައެވެ. މިނުބައި އާދަ ދޫކޮށްނުލައި ތިބެން ހެޔޮނުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން