ޢިބްރަތްތެރި ވާހަކަ: ހަތަރުމަހުގަ އެއްލާފައި ގޮސްފަ 6 އަހަރުގަ މަންމަވެގެން އައުމުން "އަޅުގަނޑު ބޭނުމީ މިގޭގަ އުޅޭ މަންމަ" ކަމަށް ބުނި ކުއްޖެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ޢިބްރަތްތެރި ވާހަކަ: ހަތަރުމަހުގަ އެއްލާފައި ގޮސްފަ 6 އަހަރުގަ މަންމަވެގެން އައުމުން "އަޅުގަނޑު ބޭނުމީ މިގޭގަ އުޅޭ މަންމަ" ކަމަށް ބުނި ކުއްޖެއްގެ ވާހަކަ-

ހެޔޮލަފާ މައިންނަށް މިވާހަކައިން ވަރަށް އަސަރުކުރާނެއެވެ. ނުރަނގަޅު މައިންނަށް މާމުހިންމު ނުވެދާނެއެވެ. މިކިޔައިދެނީ މިކިޔައިދެނީ އަޅުގަނޑުގެ އެކުވެރިއަކަށް ކަންތައް ދިމާވިގޮތެވެ. 

ކައިވެންޏަށް 3 ވަނަ އަހަރު ދަރިއަކު ލިބުނެވެ. އެދަރިފުޅަށް އެންމެ 4 މަހުގައި އަނބިމީހާ ވެރިވެ ގެއިން ނުކުމެގެންދިއައީ މާރަނގަޅު ލޯބިވެރިއަކު ލިބިގެންނެވެ. ފިރިމީހާއަށްވުރެ މާބޮޑަށް އަޅާލައި ލޯބިދޭނެ ކަމުގެ އުންމީދުގައެވެ. ދަރިފުޅަށްޓަކައި ތިމާގެ އުރަމައްޗަށް އަރާފައިވާ ކިރުފޮދަށްވެސް ވިސްނާނުލައި ދަމުން ދިއައީ ދަރިފުޅުވެސް ދޫކޮށްލާފައެވެ.  

ބައްޕަ ވަޒީފާއަދާކުރަމުން ވަރަށް ޙާލުގައި ކުރިމަސައްކަތުން ދަރިފުޅު ބަލައިދޭނެ އަންހެނަކު ހޯދީ ލިބޭ މުސާރައިން ބޮޑުބައެއް ދީގެންނެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ރަޙްމަތެއް ލައްވަވާނެކަމަށް ބުނާ އުޞޫލުން ކަންކަން މެދުވެރިވީ ވަރަށް ރަނގަޅަށެވެ. އެއީ 2 ދަރިންނާއިއެކު އެކަނިވެރި މައަކަށްވުމުން އޭނާ ނިންމީ މުސާރައެއް ބޭނުން ނޫންކަމަށާއި 2 ދަރިންނަށް ކާނެ އެތިކޮޅުދީ ބޯހިޔާވަހިކަމެއް ދިނުމަށެވެ. އޭނާ އެގޮތް ޤަބޫލުކޮށް އެދެކުދިންވެސް ބަލައިދިނީއެވެ. ބަދަލުގައި އަންހެންމީހާ އެތުއްތު ދަރިފުޅު ބަލައިދިނީއެވެ.

ދުވަސްތައް މަސްތަކަށް މަސްތަކަށް ބަދަލުވެ މަސްތައް އަހަރުތަކަށް ބަދަލުވެ 2 އަހަރުވަރުފަހުން އެދެމީހުން ކައިވެނިކުރީއެވެ. ލޯބިވެގެނެއް ނޫނެވެ. ތުއްތު ދަރިފުލަށްޓަކައެވެ. އޭނާހުރީ ދެން އެއްވެސް މީހަކުދެކެ ލޯބިނުވާން ނިންމައިގެންނެވެ. ނަމަވެސް އަންހެންމީހާގެ ރަނގަޅުކަމުން ލޯބިވާންވެސް ފެށުނެވެ.  

ދަރިފުޅަށް 6 އަހަރުގައި މަންމަ އައިސް ބުނީ ވަރަށް ބޮޑުކުށެއް ކުރެވިއްޖެކަމަށާއި އެކަމަށް މާފަށް އެދޭކަމަށެވެ. މިއައީ ދަރިފުޅު ބަލައިގެން އެގޭގައި އިންނަން ކަމަށެވެ. "ތިބާ އަހުރެންނަށް ގޯހެއް ނޫން، ބައެއް ފަަހރު އަޅައިނުލެވެނީ. އެހެންވެ އަޅައިލަން ކަމަށް ވަޢުދުވީ މީހެއްގެ ފަހަތުން ދެވުނީ. އެކަމަކު ކައިވެނިކުރުމަށްފަހު އޭނާވީ ވަރަށް ނުބައި މީހަކަށް."  

ފިރިމީހާ ބުނީ ފުރަތަމަ ބަލަންޖެހޭނީ ދަރިފުޅު ތިއަކަންތައް ބޭނުންވޭތޯ ކަމަށެވެ. އެހެން ބުނެފައި ދަރިފުޅުގެނެސް މަންމަ ދައްކާފައި ތިއަހުރީ ދަރިފުޅުގެ މަންމަ ކަމަށާއި މަންމަ ބޭނުންތޯ ސުވާލުކުރުމުން ބުނީ އެގޭގައި އުޅޭ މަންމަ ނޫން މަންމައެއް ބޭނުން ނޫންކަމަށެވެ.  

އެހެން ބުނެފައި މަންމާ! މަންމާ ގޮވަމުން އެތެރެއަށް ވަދެގެންދިއައީއެވެ. ވިހާފައި އެއްލައިލި މަންމައަށް ޖެހުނީ ރޮމުން ގެއިން ނުކުމެގެންދާށެވެ. ދެވަނަ އަންތބެއްގެ ފުރުޞަތުވެސް ނުދިނުމުންނެވެ. ނުކުންނަން ހިނގައިގަތުމުން ފިރިމީހާ ބުންޏެވެ. "ދެންވެސް ވިސްނާށެވެ. ހުރިހާ ކަމެއް ފުރިހަމަ އެކަކުވެސް ނުހުންނާނެއެވެ. ވީމާ އަހުރެންގެ ކިބައިގައިވެސް އުނި ކަންތައްތަކެއް ހުންނާނެއެވެ. އެކަމަކު އަހުރެން ތިބާއަށް ހެޔޮކޮށްހިތީމެވެ. އަނިޔާވެރިއެއް ނުވަމެވެ. ބޭވަފާތެރިއެއް ނުވަމެވެ. އެކަމަކު ތިބާ ކަންތައްކުރީ މަންމައަކު ކަންކަން ކުރާނެ އެންމެ ގޯސްކޮށެވެ. އަނިޔާވެރިވީ ދަރިފުޅަށެވެ. ގާތުން ދިނުމުންވެސް މަޙްރޫމްކޮށްލީއެވެ. ދެންވެސް ތައުބާވެ ރަނގަޅު ދިރިއުޅުމެއް އުޅެން މަސައްކަތްކުރާށެވެ!"  

އަޅުގަނޑުވެސް އެއްބަސްވަމެވެ. ދަރިން ދޫކޮށްލާފައިވާ ބައްޕައިންގެ ޢަދަދު ގިނައެވެ. އަދި މިގޮތަށް ތުއްތުކުއްޖަކު އެއްލާލައިފައި ދާނީ މަދު އަންހެނެކެވެ. އެހެންކަމާއިއެކުވެސް ބުނެލަން ބޭނުންވަނީ ތުއްތުކުދިން އެއްލާލައިފައި މިގޮތަށްދާނީ ހިތުގައި ރަޙުމެއް ނެތީމައެވެ. މިދުނިޔޭގައިވެސް އެމީހުންނަށް ހިތާމަކުރަން ނުޖެހިއެއް ނުދާނެއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން